


%20(3).jpeg?w=3840&q=75)




Screenshot 2022-09-12 at 12.03.05
ގދ. އަތޮޅު ކައުންސިލްގެ ފުރަތަމަ އެތުލެޓިކްސް މުބާރާތް ފަށައިފިއެވެ.
ރައުހަތު ސްޕޯޓްސް ކުލަބާ ހަވާލުކޮށްގެން ގދ އަތޮޅު ކައުންސިލުން ބާއްވާ މި މުބާރާތުގައި ރާއްޖޭގެ 26 ސްކޫލަކުން 843 އެތުލީޓުން ބައިވެރިވެއެވެ. މި މުބާރާތް ކުރިއަށް ދަނީ ގދ. ތިނަދޫގެ ސްޓޭޑިއަމްގައެވެ.
އިއްޔެ ހެނދުނުން ފެށިގެން، މުބާރާތުގެ ހީޓުތައް ފަށާފައިވާއިރު މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިއްުޔެ ހަވީރު އެވެ. މުބާރާތް ހުޅުއްވައިދެއްވީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު، ޑރ. މުޙައްމަދު މުއިއްޒު އެވެ.
މި މުބާރާތުގައި އުމުރުން 13 އަހަރުން ދަށުގެ އުމުރު ފުރާއިން ފެށިގެން 19 އަހަރުން ދަށުގެ އުމުރުފުރާއާ ހަމައަށް ދަރިވަރުން ބައިވެރިވެފައިވެއެވެ.
މުބާރާތް ކުރިއަށް ދާނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.



%20(3).jpeg?w=3840&q=75)




