


%20(3).jpeg?w=3840&q=75)




photo1657293013
ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ކުރިޔަށް ގެންދާ ގދ އަތޮޅު ކައުންސިލް ޤުރުއާން މުބާރާތް 2022 ރާވާ ހިންގުމަށް ގދ ތިނަދޫ ކައުންސިލާއި ހަވާލުކޮށްފި އެވެ.
މި ޤުރުއާން މުބާރާތް ހިންގުމަށް ގދ ތިނަދޫ ކައުންސިލާއި ހަވާލުކުރީ އިއްޔެ އެކަމަށްތިނަދޫ ކައުންސިލްގައި ބޭއްވިރަސްމިއްޔާތެއްގައެވެ. މިއެއްބަސްވުމުގައި ގދ އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ އެވެ. އަދި ތިނަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެކައުންސިލްގެ ރައީސް ސައުދު އަލީ އެވެ.
މި އެއްބަސްވުމާއި އެކު މިމުބާރާތް ރާވާ ހިންގުމުގެ ހުރިހާ ޒިންމާއަކާއި ހަވާލުވާނީ ގދ ތިނަދޫ ކައުންސިލުންނެވެ. އަދި މި މުބާރާތް ކުރިޔަށްދާނީ ތިނަދޫގައި ހުންނަ އިސްލާމީ މަރުކަޒުގައެވެ.
މި މުބަރާތް ބޭއްވުމަށް ތާވަލްކޮށްފައިވަނީ މިއަހަރުގެ އޮގަސްޓުމަހުގެ ތެރޭގައެވެ.
1444 ވަނަ އަހަރުގެ ގދ އަތޮޅު ކައުންސިލް އިދާރާގެ ޤުރުއާން މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ގދ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެންނެވެ.



%20(3).jpeg?w=3840&q=75)




