logoEN
WAMCO TOP 1
ޓްރަމްޕް ހުށަހެޅި 15 ނުކުތާގެ ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރަން ނަތަންޔާހޫ ދެކޮޅުހަދައިފި!

ޓްރަމްޕް ހުށަހެޅި 15 ނުކުތާގެ ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރަން ނަތަންޔާހޫ ދެކޮޅުހަދައިފި!

އަހުމަދު ޝުރާއު

logo

8/9/2026, 11:23:22 AM

# ޣައްޒާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅި ޣައްޒާގެ ސުލްހައިގެ 15 ނުކުތާގެ ޕްލޭން (ބޯޑް އޮފް ޕީސް ޕްލޭން) ގަބޫލުކުރުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެކޮޅުހަދައިފި އެވެ.

THE TRAVELLER AD

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނަތަންޔާހޫ ވަނީ ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ހަތިޔާރުތައް އެއްކޮށް ނައްތާލެވެންދެން ޣައްޒާއިން އިސްރާއީލު ސިފައިން ފަހަތަށް ނުޖެހޭނެކަން ޓްރަމްޕަށް އަންގާފައި އެވެ.

ނަތަންޔާހޫއާ ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ، 15 ނުކުތާގެ މައްޗަށް އެކުލެވޭ އެ ލިޔުމަށް އިސްރާއީލުން އިންކާރުކުރާ ކަމަށެވެ. އަދި ހަމާސްގެ ބާރުތައް ހަގީގީ ގޮތެއްގައި ކަނޑުވާލެވެންދެން އަސްކަރިއްޔާއިން ފަހަތަށް ޖެހުމުގެ އެއްވެސް އަމަލެއް ނުހިންގާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

އިސްރާއީލުން ބޭނުންވަނީ ނަމަކަށް ހަމާސް ނައްތާލުން ނޫން ކަމަށާއި، އެ ޖަމާއަތް އެއްކޮށް ރޫޅާލައި ބާރު ކަނޑުވާލުމަށް ކަމަށްވެސް ނަތަންޔާހޫ ފާހަގަކުރިއެވެ.

މި މައްސަލައިގައި އިސްރާއީލުން މިހާރު އަންނަނީ އެމެރިކާގެ ވޮޝިންގޓަނާއެކު އިތުރު މަޝްވަރާތަކެއް ކުރަމުންނެވެ. ނަތަންޔާހޫ ބުނި ގޮތުގައި، ޣައްޒާގެ މައްސަލައާ ގުޅިގެން އެމެރިކާއިން ހުށަހަޅާ ބައެއް ހިޔާލުތަކަކީ އިސްރާއީލަށް ގަބޫލުކުރެވޭ ހިޔާލުތަކަކަށް ވީނަމަވެސް، އަނެއްބައި ކަންކަމަކީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ކަންކަމެއް ނޫނެވެ.

މީގެ ކުރިންވެސް އެމެރިކާއިން އިސްވެ އޮވެ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް އެތައް ފަހަރެއްގެ މަތިން މަސައްކަތްކޮށް، އެކި ފަހަރު މަތިން ސުލްހައިގެ އެއްބަސްވުންތައް ޑްރާފްޓްކޮށްފައިވެއެވެ. ނަމަވެސް ގާޒާގެ ކޮންޓްރޯލް ދޫކޮށްލުމަށާއި ހަމާސް އެއްކޮށް ނައްތާލުމަށް އިސްރާއީލުން ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ސަބަބުންނާއި، އިސްރާއީލު ސިފައިން ގާޒާގެ ބިންތަކުން ފޭބުމަށް ދެކޮޅު ހަދާތީ ދާއިމީ ސުލްހައިގެ އެއްބަސްވުމަކާ ހަމައަށް ވަނީ އާދެވޭގޮތް ނުވެފައެވެ.

ކޮމެންޓް
ފަހުގެ
HDC