logoEN
WAMCO TOP 1
އުމްރާ އަށްފަހު ރާއްޖެ އަންނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭގެ އިލްތިމާސް ކޮށްފި

އުމްރާ އަށްފަހު ރާއްޖެ އަންނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭގެ އިލްތިމާސް ކޮށްފި

# އެޗްޕީއޭ# އުމްރާގެ އަޅުކަން# އުމްރާ

އުމްރާވެރިން

އުމްރާ އަށްފަހު ރާއްޖެ އަންނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭގެ އިލްތިމާސް ކޮށްފިއެވެ.

THE TRAVELLER AD

އެޗްޕީއޭ އިން މިގޮތަށް އިލްތިމާސްކޮށްފައި މިވަނީ ސްކޫލު ބަންދާއި ޖުލައި 26 ގެ ބަންދާ ދިމާކޮށް އުމްރާއަށް ދިޔަ ގިނަ އަދަދެއްގެ ބަޔަކު އެނބުރި އަންނަން ފެށުމާ ގުޅިގެންނެވެ.

އެޗްޕީއޭ އިން ބުނީ އުމްރާއިން އެނބުރި އަންނަ މީހުންގެ ކިބައިން ބަލިތައް ފެތުރުުމުގެ ފުރުސަތު ބޮޑުކަމަށާއި އުމްރާއިން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ޖެހޭނެ ކަމަށެވެ. އަދި ޑޮކްޓަރަށް ދައްކާއިރު، އުމްރާއިން އެނބުރި އައި މީހެއްކަން ޑޮކްޓަރަށް އެންގުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.

މީގެ އިތުރުން، ޑޮކްޓަރަށް ނުދައްކައި އަމިއްލައަށް އެންޓިބަޔޮޓިކް ފަދަ ބޭސްތައް ބޭނުން ނުކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށް ސިއްހީ މާހިރުން ލަފާދެއްވައެވެ.

މީގެ އިތުރުން ރޯގާގެ އަލާމާތްތައް ހުރި ނަމަ ގޭގައި މަޑުކުރުމަށާއި، ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށާއި، ބޭރުތެރެއަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މާސްކު އެޅުމަށް ވެސް އެދިފައިވެއެވެ.

ބަލިވެ އުޅޭ ނަމަ ގިނައިން ދިޔާތަކެތި ބުއިމަށާއި، އެކަށީގެންވާ ވަރަށް އަރާމުކުރުމަށް ވެސް އެޗްޕީއޭގެ އިރުޝާދުތަކުގައި ހިމަނާފައިވެއެވެ. މި ފިޔަވަޅުތަކަކީ އާންމުންގެ ތެރޭގައި ހަލުވިކަމާއެކު ރޯގާ ފެތުރުން ކުޑަކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުތައް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ. އަދި ރޯގާ ޖެހިފައިވާ ހާލަތުގައި އެހެން މީހުންނާ ގައިގޯޅިވެ އުޅުމުން ދުރުހެލިވުމަށް ވަނީ އަންގާފައެވެ.

ޚާއްސަކޮށް، ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިން އުރައި، އެކުދިންގެ ކައިރިއަށް ދިއުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް އެ އެޖެންސީން ފާހަގަކުރެއެވެ. އޭގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބަލިތައް ތަހައްމަލުކުރާ މީހުންގެ ކައިރިއަށް ނުދިއުމަށާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. މި ދުވަސްވަރު ރާއްޖޭގައި ވެސް އާންމު ރޯގާތައް އިތުރުވަމުންދާތީ، އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެ އިދާރާއިން ވަނީ ތަކުރާރުކޮށް އަންގާފައެވެ.

އާއްމުކޮށް ހައްޖާއި އުމްރާގެ އަޅުކަމަށް ފަހު ގިނަ މީހުން އެނބުރި އަންނައިރު ތިބެނީ ވަރަށް ބޮޑަށް ރޯގާޖެހިފައިކަމަށްވާއިރު، މިއީ ރާއްޖޭގައި ރޯގާތައް ގިނަ ވުމަކީ އާއްމު ކަމެކެވެ.

ކޮމެންޓް
ފަހުގެ
HDC