logoEN
WAMCO TOP 1
ލަންކާ މާސްޓާރސް: ރާއްޖެ އިން ތަށި ދިފާއުކުރިއިރު، ނާފީ އާއި އާމިރުއަށް ޚާއްސަ އެވޯޑެއް

ލަންކާ މާސްޓާރސް: ރާއްޖެ އިން ތަށި ދިފާއުކުރިއިރު، ނާފީ އާއި އާމިރުއަށް ޚާއްސަ އެވޯޑެއް

ހަސަން ޝަމްއޫން

logo

5/24/2026, 11:44:16 AM

# ދިވެހި ކުޅިވަރު # ލަންކާ މާސްޓާރސް އެތްލެޓިކްސް ޗެމްޕިއަންޝިޕް 2026# މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސް

ރާއްޖޭގެ މާސްޓާރސް ޓީމު...

23 މެއި 2026 އިން 25 މެއި 2026 ގެ ނިޔަލަށް، ލަންކާގެ ވެރިރަށް ކޮލަމްބޯގެ ސުގަތަދާސާ ސްޓޭޑިއަމްގައި ކުރިއަށްދިޔަ "12 ވަނަ މާސްޓާރސް އެނުއަލް އެތްލެޓިކްސް ޗެންޕިއަން ޝިޕް" ގެ ޗެމްޕިއަންކަން ރާއްޖޭގެ މާސްޓާރސް ޓީމުން ދިފާއުކޮށްފިއެެވެ.

THE TRAVELLER AD

ރާއްޖޭގެ އިތުރުން އިންޑިޔާ އަދި ސްރީލަންކާ އިން ޖުމްލަ 660 އެތްލީޓުން ވާދަކުރި މިމުބާރާތުގައި، މިއަހަރު ރާއްޖެ އިން 10 އެތްލީޓަކު ވާދަކުރިއިރު، އޭގެތެރޭގައި ހިމެނެނީ ފިރިހެން ހަ އެތްލީޓުންނާއި ހަތަރު އަންހެން އެތްލީޓުންނެވެ. އަދި ރާއްޖެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހަ ގޯލްޑް މެޑަލާއި އަށް ސިލްވާ މެޑަލްގެ އިތުރުން ހަތް ބްރޯންޒް މެޑަލާއެކު ޖުމްލަ 21 މެޑަލް ހޯދައިގެންނެވެ.

undefinedއާމިރު 200 މީޓަރުގައި ވާދަކުރަނީ...

އެގޮތުން މިމުބާރާތުގެ 35 އަހަރުން މަތީގެ އުމުރު ފުރާގައ ވާދަކުރި މުހައްމަދު ރަޝީދު (މޯޑް) 800 މީޓަރު އަދި 5000 މީޓަރު ދުވުމުން ސިލްވާ މެޑަލް ހޯދިއިރު، 1500 މީޓަރު ދުވުމުން މޯޑް ވަނީ ގޯލްޑް މެޑަލް ހޯދާފައެވެ. އަދި 40 އަހަރުން މަތީގެ އުމުރު ފުރާގައި ވާދަކުރި އަހުމަދު އަބްދުލް އަޒީޒް (ކެވިން) ބްރޯންޒް މެޑަލް ހޯދިއިރު، 45 އަހަރުން މަތީގެ ޕޯލް ވޯލްޓް އިވެންޓުގައި ވާދަކުރި ރާއްޖޭގެ އަހުމަދު އާމިރު ވަނީ ބްރޯންޒް މެޑަލް ހޯދާފައެވެ.

މުބާރާތުގެ އަންހެން 45 އަހަރުން މަތީގެ އުމުރުފުރާގައި ވާދަކުރި ހުސްނާ މުހައްމަދު (ހުސީ) 1500 މީޓަރާއި 200 މީޓަރު ދުވުމުން ބްރޯންޒް މެޑަލް ހޯދިއިރު، ހުސީ ވަނީ 400 މީޓަރުން ސިލްވާ އަދި 800 މީޓަރު ދުވުމުން ގޯލްޑް މެޑަލް ހޯދާފައެވެ. މީގެ އިތުރުން މިއުމުރުފުރާގައި ވާދަކުރި ރާއްޖޭގެ ފާތިމަތު ޝަމްހާ ވަނީ 5000 މީޓަރު ދުވުމުން ގޯލްޑް މެޑަލް ހޯދުމުގެ އިތުރުން 800 މީޓަރާއި 1500 މީޓަރު ދުވުމުން ސިލްވާ މެޑަލް ހޯދާފައެވެ.

undefinedކެވިން 100 މީޓަރު ދުވުމުގައި ވާދަކުރަނީ..

މީގެ އިތުރުން މުބާރާތުގެ އަންހެން 60 އަހަރުން މަތީގެ އުމުރުފުރާގައި ވާދަކުރި ރާއްޖޭގެ މޫމިނާ މުހައްމަދު 3000 މީޓަރާއި 1500 މީޓަރު ދުވުމުން ގޯލްޑް މެޑަލް ހޯދުމުގެ އިތުރުން މޫމިނާ ވަނީ 200 މީޓަރާއި 100 މީޓަރު ދުވުމުން ސިލްވާ މެޑަލް ހޯދާފައެވެ. އަދި މުބާރާތުގެ ފިރިހެން 65 އަހަރުން މަތީގެ އުމުރުފުރާގައި ވާދަކުރި އަލީ މުހައްމަދު ވަނީ 3000 މީޓަރު ދުވުމުން ބްރޯންޒް މެޑަލް ހޯދާފައެވެ.

undefinedރާއްޖޭގެ މާސްޓަރސް ޓީމުގެ މެނޭޖަރު އަލީ ރައީފް (މ) އާމިރު އަދި ނާފީ އާއެކު...

މުބާރާތުގެ ފިރިހެން 55 އަހަރުން މަތީގެ 200 މީޓަރު އިވެންޓުގައި ވާދަކޮށް ރާއްޖޭ މުހައްމަދު އާމިރު ބްރޯންޒް މެޑަލް ހޯދިއިރު، މުބާރާތުގައި ރާއްޖެ އިން އިންޑިވިޖުއަލް ޕާފޯމަންސް އެންމެ ރަނގަޅު ފިރިހެން އެތްލީޓަކަށް ހޮވުނީ ވެސް ރާއްޖޭގެ ކުރީގެ އެންމެ ބާރު ދުވުންތެރިޔާ އާމިރު އެވެ. އަދި މިއުމުރުފުރާގެ އަންހެން 400 މީޓަރު ދުވުމުން ރާއްޖޭގެ ނާފިޒާ އަހުމަދު (ނާފީ) ގޯލްޑް މެޑަލް ހޯދިއިރު، ނާފީ ވަނީ 1500 މީޓަރު ދުވުމުން ސިލްވާ މެޑަލް އަދި 300 މީޓަރު ހާޓަލްސް އިން ބްރޯންޒް މެޑަލް ހޯދާފައެވެ. މީގެ އިތުރުން މުބާރާތުގައި ރާއްޖެއިން އިންޑިވިޖުއަލް ޕާފޯމަންސް އެންމެ ރަނގަޅު އަންހެން އެތްލީޓަކަށް ހޮވުނީ ވެސް ނާފީ އެވެ.

މިމުބާރާތުގައި އިންޑިވިޖުއަލް ޕާފޯމަންސް އެންމެ ރަނގަޅު އެތްލީޓުން ހޮވާފައިވަނީ ކޮންމެ އެތްލީޓެއްގެ ވެސް އެންމެ ޕާފޯމަންސް ރަނގަޅު އިވެންޓް ނެގުމަށްފަހު، އެއިވެންޓްގައި ޕާފޯމްކޮށްފައިވާ ނަތީޖާތަކުގެ ތެރެއިން ވޯލްޑް އެތްލެޓިކްސްގެ ޕޮއިންޓް ދޭ އުސޫލުން އެންމެ ގިނަ ޕޮއިންޓް ހޯދާ އެތްލީޓަށް ބެސްޓް ޕާފޯމާ އެވޯޑް ދޭ އުސޫލުންނެވެ. އަދި ޗެމްޕިއަން ޓީމު ހޯދުމުގައި ވެސް ބަލާފައިވަނީ މިއުސޫލުންނެވެ.

ކޮމެންޓް
ފަހުގެ
HDC