
ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ މާސްޓާސް ޓީމުގެ ބައެއް އެތްލީޓުން...
ސައުތު ކޮރެއާގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް މާސްޓާސް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ މާސްޓާސް ޓީމު ކޮރެއާއަށް ދިއުމަށް މިރޭ ފުރައިފިއެވެ.
22 އޮގަސްޓް 2026 އިން 03 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ކޮރެއާގެ ޑޮގޫގައި އޮންނަ މި މުބާރާތުގައި ދުނިޔޭގެ އެކި ސަރަހައްދުތަކުން، 100 އަށްވުރެ ގިނަ ގައުމުން، 7000 އަށް ގިނަ އެތްލީޓުން ވާދަކުރާއިރު، މިމުބާރާތުގައި ވާދަކުރާ ދިވެހި ޓީމުގައި މިފަހަރު ހިމެނެނީ ހަތަރު އެތްލީޓުންނެވެ.
ރާއްޖޭގެ މާސްޓާސް ޓީމުގެ މެނޭޖަރު އަލީ ރައީފު ގާފު ސްޕޯޓްސްއަށް މައުލޫމަތުދެއްވިގޮތުގައި ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ޓީމުގައި ހިމެނީ އަންހެން ދެ އެތްލީޓުންނާއި ފިރިހެން ދެ އެތްލީޓުންނެވެ.
މިމުބާރާތައް ޓީމު އެކުލަވާލުމަށް ފާއިތުވެދިޔަ ދެއަހަރު ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވުނު މުބާރާތްތަކުގައި ވާދަކުރި އެތްލީޓުންގެ ތެރެއިން ނަތީޖާއަށް ބެލުމަށްފަހު ޓީމެއް އެކުލަވާލާފައި ވަނީ...
ހާއްސަކޮށްމިދިޔަ ދެ އަހަރު އިންޓަނޭޝަނަލް ތިން މުބާރާތެއްގައި އަޅުގަނޑުމެން ވާދަކުރިއިރު، އެމުބާރާތްތަކުން އަށް އެތްލީޓަކު ވަނީ ގޯލްޑް މެޑަލް ހޯދާފައެވެ. އަދި އެ އަށް އެތްލީޓުންނަށް ވެސް އަޅުނގަޑުމެން ދައުވަތުދިނިން، ނަމަވެސް އެކި ސަބަބުތަކާއިހުރެ ހަތަރު އެތްލީޓުން މުބާރާތައް ދިއުމަށް ބޭނުންވީ...
"މެލޭޝިއާ މުބާރާތައް ފަހު ވޯލްޑް ޗެމްޕިއަންޝިޕަށް ތައްޔާވާން ފަށާފައިވަނީ، އަދި ޓީމުގެ ތައްޔާރީތަކާއިމެދު ވެސް ވަރަށް ހިތްހަމަޖެހޭ"...
"އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިހާބޮޑު މުބާރާތެއްގައި ދިވެހި ދިދަ ވިހުރުވާލެވުން"... އަދި ފެންވަރުގެ ގޮތުން ތަފާތުބޮޑު މުބާރާތެއް ނަމަވެސް، އުންމީދަކީ ރަނގަޅު ނަތީޖާތަކެއް ހޯދުން...
މުބާރާތުގައި ވާދަކުރާ ދިވެހި ޓީމުގައި ހިމެނޭ އެތްލީތުންނަކީ ހުސްނާ މުހައްމަދު (ހުސީ)، ނާފިޒާ އަހުމަދު (ނާފީ)، މުހައްމަދު އާމިރު އަދި މުހައްމަދު ރަޝީދު (މޯޑް) އެވެ.
ހުސްނާ މުހައްމަދު (ހުސީ) މިމުބާރާތުގައި ވާދަކުރުމަށް ހަމަޖެހިފައިވަނި 45 އަހަރާއި 49 އަހަރާއި ދެމެދުގެ އުމުރުފުރާގައެވެ. އެގޮތުން މިމުބާރާތުގައި 800 މީޓަރު، 1500 މީޓަރު އަދި 5000 މީޓަރުގެ އިތުރުން ހާފް މެރަތަންގައި ވެސް ހުސީ ވާދަކުރުމަށް ހަމަޖެހިފައިވާއިރު، މިއީ އިންޓަނޭޝަނަލް މާސްޓާސް މުބާރާތެއްގައި ހުސީ ވާދަކުރާ ތިންވަނަ ފަހަރެވެ.
ނާފީޒާ އަހުމަދު (ނާފީ) މިމުބާރާތުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ 55 އަހަރާއި 59 އަހަރާއި ދެމެދުގެ އުމުރުފުރާގައެވެ. އަދި މިމުބާރާތުގައި 400 މީޓަރާއި 800 މީޓަރު ދުވުމުގައި ނާފީ ވާދަކުރާއިރު، މިއީ އިންޓަނޭޝަނަލް މާސްޓާސް މުބާރާތެއްގައި ނާފީ ވާދަކުރާ ހަތަރުވަނަ ފަހަރެވެ.
މުހައްމަދު އާމިރު މިމުބާރާތުގައި ވާދަކުރުމަށް ހަމަޖެހިފައި ވަނީ 55 އަހަރާއި 59 އަހަރާއި ދެމެދުގެ އުމުރުފުރާގައެވެ. އަދި މުބާރާތުގެ 200 މީޓަރު ދުވުމުގައި އާމިރު ވާދަކުރާއި މިއީ އިންޓަނޭޝަނަލް މާސްޓާސް މުބާރާތެއްގައި އާމިރު ވާދަކުރާ ފަސްވަނަ ފަހަރެވެ.
މުހައްމަދު ރަޝީދު (މޯޑް) މިމުބާރާތުގައި ވާދަކުރަނީ 35 އަހަރާއި 39 އަހަރާއި ދެމެދުގެ އުމުރުފުރާގައެވެ. އެގޮތުން މިމުބާރާތުގެ 800 މީޓަރު، 1500 މީޓަރު ގެ އިތުރުން ހާފް މެރަތަންގައި ވެސް މޯޑް ވާދަކުރުމަށް ހަމަޖެހިފައިވާއިރު، މިއީ އިންޓަނޭޝަނަލް މާސްޓާސް މުބާރާތެއްގައި މޯޑް ވާދަކުރާ ދެވަނަ ފަހަތެވެ.


.jpeg?w=3840&q=75)




.jpeg?w=3840&q=75)






.jpg?w=3840&q=75)

.jpg?w=3840&q=75)