logoEN
WAMCO TOP 1
މިއަހަރުގެ ލަންކާ މާސްޓާރސް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ދިވެހި ޓީމުން ނުކުންނާނީ ތަށި ދިފާއުކުރަން

މިއަހަރުގެ ލަންކާ މާސްޓާރސް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ދިވެހި ޓީމުން ނުކުންނާނީ ތަށި ދިފާއުކުރަން

ހަސަން ޝަމްއޫން

logo

5/15/2026, 1:19:44 PM

# ދިވެހި ކުޅިވަރު # މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސް

މިދިޔަ އަހަރު ލަންކާގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެމާސްޓާރސް ޓީމަށް ތަށި ހަވާލުކޮށްދެނީ..ފޮޓޯ: ގާފު ސްޕޯޓްސް

މި އަހަރުގެ ސްރީލަންކަން މާސްޓާރސް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ މާސްޓާރސް ޓީމުން ނުކުންނާނީ މުބާރާތުގެ ތަށި ދިފާއުކުރުމަށް ކަމަށް މާސްޓާރސް އެތްލެޓިކްސް މޯލްޑިވްސްގެ ރައީސް ބުނެފިއެވެ.

THE TRAVELLER AD

މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސްގެ ރައީސް އަލީ ރައީފް ގާފު ސްޕޯޓްސްއަށް މައުލޫމާތު ދެއްވި ގޮތުގައި މިއަހަރުގެ ލަންކާ މުބާރާތުގައި ވާދަކުރުމަށް ޓީމު އެކުލަވާލީ ދާދި ފަހުން މާލޭގައި ބޭއްވި މާސްޓާރސް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ހުރިހާ އެތްލީޓުންނަށް އަންމުކޮށް ފުރުސަތު ހުޅުވާލައިގެންނެވެ.

"އެ މުބާރާތުގައި ވާދަކުރި ހުރިހާ ކުލަބަކަށް އަޅުނގަޑުމެން ދައުވަތު ދިނިން.." އަދި މިފަހަރުގެ ޓީމުގައި ވެސް މިދިޔަ އަހަރުގެ ލަންކާ މުބާރާތް ކާމިޔާބުކުރި ޓީމުގައި ހިމެނޭ ބައެއް އެތްލީޓުން ހިމެނޭ.. އޭގެ ތެރޭގައި ކުރީގެ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ އާމިރު، އަދި އެތްލެޓިކްސް އިން ރާއްޖެއަށް އެންމެ ފުރަތަމަ އިންޑިވިޖުއަލް ރަންމެޑަލްއެއް ހޯދި ނާފީ ހިމެނޭ...

މީގެ އިތުރުން މިދިޔަ އަހަރު އިންޑިއާގައި ބޭއްވި އޭޝިއަން މާސްޓާރސް އިން ސިލްވާ އަދި ބްރައުންޒް މެޑަލް ހޯދި ހުސްނާ މުހައްމަދު (ހުސީ)ގެ އިތުރުން މިއަހަރު މާސްޓާރސް ކެޓަގެރީގައި މުޅިން އަލަށް ވާދަކުރަން ފެށި ބާރު ދުވުންތެރިޔާ މުހައްމަދު ރަޝީދު (މޯޑު) އާއެކު ޓީމު ވަނީ އިތުރަށް ވަރުގަދަވެފައެވެ.

23 މެއި 2026 އިން 25 މެއި 2026 ގެ ނިޔަލަށް ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ސުގަތަދާސާ ސްޓޭޑިއަމުގައި އޮންނަ މިމުބާރާތުގައި ވާދަކުރާ ރާއްޖޭގެ މާސްޓާރސް ޓީމުގައި މިއަހަރު އަށް އެތްލީޓުން ހިމެނޭއިރު އޭގެތެރޭގައި ހިމެނެނީ ހަތަރު ފިރިހެން އެތްލީޓުންނާއި ހަތަރު އަންހެން އެތްލީޓުންނެވެ.

އޭގެ ތެރޭގައި ހިމެނެނީ ނާފިޒާ އަހުމަދު، މުހައްމަދު ރަޝީދު، ފާތުމަތު ޝަމްހާ، ހުސްނާ މުހައްމަދު، މުހައްމަދު އާމިރު، މޫމިނާ މުހައްމަދު އަދި އަހުމަދު އާމިރުގެ އިތުރުން، އަލީ އަހުމަދު އެވެ. އަދި މިއެތްލީޓުން ފަސް އުމުރުފުރައެއްގައި ވާދަކުރާއިރު، އޭގެ ތެރޭގައި ހިމެެނެނީ 35 އަހަރުން މަތި، 40 އަހަރުން މަތި، 45 އަހަރުން މަތި، 55 އަހަރުން މަތި އަދި 65 އަހަރުން މަތީގެ އުމުރުފުރާއެެވެ.

ކޮމެންޓް
ފަހުގެ
HDC