logoEN
WAMCO TOP 1
ސިފަމާ ފަން ރަން 2026 މާދަމާ ހެނދުނު ފަށަނީ

ސިފަމާ ފަން ރަން 2026 މާދަމާ ހެނދުނު ފަށަނީ

ހަސަން ޝަމްއޫން

logo

5/8/2026, 2:19:42 PM

# ސިފަމާ ފަން ރަން 2026# ދިވެހި ކުޅިވަރު

ސިފަމާ ފަން ރަން 2025..

ސިފައިންގެ ފެމެލީ އެސޯސިއޭޝަން (ސިފަމާ) ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "ސިފަމާ ފަން ރަން 2026" މާދަމާ ހެނދުނު ފެށުމަށް ތައްޔާރުވެއްޖެއެވެ.

THE TRAVELLER AD

ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި މާދަމާ ހަވީރު ރަސްމީކޮށް އިވެންޓް ފެއްޓުމުގެ ގޮތުން އޮންނަ ރަސްމިއްޔާތު ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ޝަފަރުވެރިކޮށްދެއްވާއިރު، މިރަސްމިއްޔާތުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު އޮނަރަބަލް ހަސަން ރަޝީރު، ޗީފް އޮފް ޑިފެންސް ފޯސް މޭޖާރ ޖެނަރަލް އިބްރާހިމް ހިލްމީ، ވައިސް ޗީފް އޮފް ފޯސް ބްރިގޭޑިއާ ގެނަރަލް އަހުމަދު ގިޔާސްގެ އިތުރުން ސިފައިންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ސިފައިންގެ އާއިލާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ގޮތުން އާންމުންނަށް ވެސް ބައިވެރިވެވޭގޮތަށް، އަންމުކޮށް ހުޅުވާލެވިގެން ބާއްވާ މި އަހަރުގެ ދުވުމުގައި 1000 ގިނަ ދުވުންތެރިން ވަނީ ބައިވެރިވެފައެވެ. އަދި މިއަހަރުގެ "ސިފަމާ ފަން ރަން" ޚާއްސަކޮށްފައި ވަނީ ދުނިޔޭގެ އަންހެނުންގެ ދުވަހާއި ކުޑަކުދިންގެ ދުވަހުގެ މުނާސަބަތާއި ގުޅުވާލައިގެން ބޭއްވޭ ޚާއްސް އިވެންޓެއްގެ ގޮތުގައެވެ.

މިދިޔަ އަހަރު ބޭއްވި ސިފަމާ ފަން ރަން ފުރަތަމަ އިވެންޓުގައި ތިން ކިލޯމީޓަރާއި ފަސް ކިލޯމީޓަރުގެ ދުވުން ބޭއްވިއިރު، މިއަހަރުގެ ރަންއަށް ވަނީ 10 ކިލޯމީޓަރު ދުވުން އިތުރުކޮށްފައެވެ.

އެގޮތުން މިއަހަރުގެ ސިފަމާ ފަން ރަންގެ ފުރަތަމަ އިވެންޓްކަމަށްވާ 10 ކިލޯމީޓަރުގެ ދުވުން މާދަމާ ހެނދުނު 06:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، ތިން ކިލޯމީޓަރު ދުވުމާއި ފަސް ކިލޯމީޓަރު ދުވުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:00 ގައެވެ. އަދި މިއިވެންޓްގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

ކޮމެންޓް
ފަހުގެ
HDC