
ގަތަރުގައި ހުންނަ އެމެރިކާގެ އަލް އުދެއިދު ބޭސްއަށް އިރާނުގެ ބެލިސްޓިކް މިސައިލެއް ކާމިޔާބުކަމާއިއެކު އަމާޒުވެއްޖެ
# އިރާން-
ގަތަރުގައި ހުންނަ އެމެރިކާގެ އަލް އުދެއިދު އެއާ ބޭސްއަށް އިރާނުން ފޮނުވާލި ބެލިސްޓިކް މިސައިލެއް އަމާޒުވެ ގެއްލުންތަކެއް ވެފައިވާކަން ގަތަރުން އިއުލާނުކޮށްފި އެވެ.

ގަތަރުގެ ދިފާއީ ވުޒާރާއިން ދާދި ދެންމެ އަކު ނެރުނު ބަޔާނެއްގައި ބުނީ މިރޭ އީރާނުން އެގައުމަށް އަމާޒުކޮށް ދެ ބެލިސްޓިކް މިސައިލް ފޮނުވާލި ކަމަށާއި އޭގެ ތެރެއިން އެއް މިސައިލް ހުއްޓުވުނު ކަމަށެވެ. ނަމަވެސް ދެވަނަ މަސައިލް އިންޓަސެޕްޓު ނުކުރެވި އަލް އުދެއިދު އެއާ ބޭސްއަށް އަމާޒުވިކަން ގަތަރުން ވަނީ ކަށަވަރުކޮށްދީފައި އެވެ.
ގަތަރުގެ ދިފާއީ ވުޒާރާއިން ވަނީ މި ހަމަލާގައި އެއްވެސް މީހަކަށް ގެއްލުންވެފައި ނުވާ ކަން ހާމަކޮށްފައެވެ. ނަމަވެސް އެ ބޭސްއަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.
މި ހަމަލާގެ މައުލޫމާތު ގަތަރުން ހާމަކޮށްފައިމިވަނީ އިރާނުން މިއަދުގެ ހަވީރާއި މިރޭގެ އިރާކޮޅު ގަތަރަށް ވަރުގަދަ ހަމަލާތަކެއް ދިން ކަމުގެ ރިޕޯޓުތަކެއް ބޭރުގެ މީޑިއާތަކުން ކޮށްފައިވަނިކޮށެވެ. އަދި ބައެއް ހަމަލާތައް އަމާޒަށް ވާސިލުވި ކަމަށާއި މި ހަމަލާއަކީ ކާމިޔާބު ހަމަލާއެއްގެ ގޮތުގައި އިރާނުގެ ބައެއް އޮފިޝަލުންތައްވެސް ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު އެމެރިކާ އިސްވެ އޮވެ އިސްރާއީލާއި ގުޅިގެން އިރާނަށް ވަރުގަދަ ހަމަލާތަކެއް ވަނީ ދޭން ފަށާފައި އެވެ. މި ހަމަލާތަކުގައި އިރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީވެސް އަވަހާރަކޮށްލާފައިވެއެވެ. މިއާއިއެކު އިރާނުން ވަނީ ބަދަލުހިފުމުގެ ވަރުގަދަ ހަމަލަތާކެއް އިސްރާއީލާއި މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގައުމުތަކަށް ދީފައި އެވެ. އެގޮތުން އެންމެ ވަރުގަދަ ހަމަލާތަކެއް އިރާނުން ދީފައިވަނީ ގަތަރާއި ކުވެއިތު އަދި ޔޫއޭއީއަށެވެ.
މެދުއިރުމަތީގެ ގިނަ ގައުމުތަކަކީ އެމެރިކާގެ އަސްކަރީ ބޭސްތައް ހުންނަ ގައުމުތަކެވެ. އިރާނުން ވަނީ ދެމުން އަންނަ ހަމަލާތަކަކީ އެގައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް ދެމުން އަންނަ ހަމަލާތަކެއް ނޫން ކަމަށާއި އެއީ އެމެރިކާގެ ބާރު ހިނގާ ތަންތަނަށް ދެމުން އަންނަ ހަމަލާތަކެއް ކަމަށް ބުނެ އެކަން އެގައުމުތަކަށްވެސް ރަސްމީކޮށް އަންގާފައި އެވެ.
ގުޅުންހުރި

ދުޝްމަނުންނާއި ދުޝްމަނުންގެ ވާގިވެރިންނަށް މެދުއިރުމަތީން އެންމެ ލީޓަރެއްގެ ތެޔޮވެސް އެކްސްޕޯޓުވިޔަ ނުދޭނަން - އިރާނު

އިރާނުން ބަހްރައިނަށް ދިން ހަމަލާއެއްގައި މީހަކު މަރުވެއްޖެ: އިރާނުން ބުނަނީ ހަމަލާ އަމާޒުކުރި އެމެރިކާ ސިފައިން ތިބި ހޮޓަލަކަށް ކަމަށް!

ޓްރަމްޕަށް ގޮތް ހުސްވެއްޖެ: ތެލުގެ އަގު ތިރިކުރަން ރަޝިޔާއާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އުވާލަން ނިންމައިފި

.gif&w=3840&q=75)



