logoEN
PNC TOP 3
މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

އަހުމަދު ޝުރާއު

logo

1/31/2026, 9:16:04 AM

# ޣައްޒާ

-

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލާފައިވާކަން ޣައްޒާގެ ސިއްހީ ވުޒާރާއިން ހާމަކޮށްފި އެވެ.

PNC MID 2

ޣައްޒާގެ އެންމެ ފަހުގެ ހާލަތު ހާމަކުރަމުން ސިއްހީ ވުޒާރާއިން ބުނީ ޣައްޒާގައި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 17 މީހުން ޝަހީދުވެ 49 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި މިއަދު ފަތިހުން ފެށިގެން މި ވަގުތާއި ހަމައަށް ޝަހީދުކޮށްލި 12 މީހަކު ހިމެނޭކަންވެސް ވަނީ ހާމަކޮށްފައެވެ.

އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފަހުންވެސް ޔަހޫދީން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 509 މީހުން ޝަހީދުވެ 1405 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ޣައްޒާގެ ހަބަރުތައް އެންމެ ތާޒާ ކަމާއިއެކު ގެނެސްދޭ ގުދުސް ނިއުސް އޭޖެންސީއިން ވަނީ މިއަދު ހެނދުނު ޔަހޫދީން ޣައްޒާގެ ޚާން ޔޫނުސްއަށް ވަރުގަދަ ހަމަލާއެއްދިންކަން ރިޕޯޓުކޮށްފައެވެ. އެގޮތުން އަލް މަސާވީ ރެފިއުޖީ ކޭމްޕާއި ކައިރިއަށް ދިން މި ހަމަލާގައި ކުޑަކުދިންތަކެއްވެސް ޝަހީދުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލުން ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ހަނގުރާމަ ފެށުނު ފަހުން ޣައްޒާއިން ޝަހީދުވި ޖުމުލަ މީހުންގެ އަދަދު 71،769 އަށްމިހާރު ވަނީ އަރާފައި އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC