logoEN
Sto top
ހަމަލާދިނުމުގެ ކުރީން އިޝާރާތެއް ދިން ކަމަށްޓަކައި ޓްރަމްޕުގެ ޝުކުރު އިރާނަން: ބުނީ ބަދަލުހިފުމުގެ ރޫހެއް ނެތް ކަމަށް!

ހަމަލާދިނުމުގެ ކުރީން އިޝާރާތެއް ދިން ކަމަށްޓަކައި ޓްރަމްޕުގެ ޝުކުރު އިރާނަން: ބުނީ ބަދަލުހިފުމުގެ ރޫހެއް ނެތް ކަމަށް!

އަހުމަދު ޝުރާއު

logo

6/23/2025, 7:59:06 PM

# އިރާން - އެމެރިކާ

އިރާނުން މިރޭ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާދިނުމުގެ ކުރީން ހަމަލާގެ އިޝާރާތެއް އިރާނުން ދިން ކަމަށްބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިރާނަށް ޝުކުރު އަދާކޮށްފި އެވެ.

Wamco

އިރާނުން ދިން ހަމަލާއާއި ގުޅިގެން އެމެރިކާގެ ރައީސް ޓްރަމްޕު ފަރާތުން ރަސްމީގޮތުން ބަހެއް ވިދާޅުވީ މީގެ އިރުކޮޅެއް ކުރީން މީސް މީޑިގައި ކުރި ޕޯސްޓެއްގައި އެވެ.

އެގޮތުން ޓްރަމްޕު ވަނީ މިރޭ އިރާނުން ދިން ހަމަލާއަކީ އެމެރިކާއިން އުންމީދުކުރި ފަދަ އަދި ރައްދުގައި ދޭކަހަލަ ހަމަލާއެއް ނޫން ކަމަށް ސިފަކޮށްފައެވެ. އެގޮތުން އިރާނުން 14 މިސައިލް ފޮނުވާލި އިރު 13 މިސައިލް ހުއްޓުވި ކަމަށާއި ފަހު މިސައިލް ގޮސްފައިވަނީ އެމެރިކާގެ މަސްލަހަތު ހިމެނޭ ސަރަހައްދަކަށް ނޫން ކަމަށް ޓްރަމްޕު ވިދާޅުވި އެވެ.

"އުފަލާއެކީ ދަންނަވާލަން ބޭނުންވަނީ، އެމެރިކާގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވޭ. އަދި ބޭސްއަށް ވެސް ގެއްލުމަކަށްވާ ވަރުގެ ގެއްލުމެއް ނުލިބޭ " ޓްރަމްޕު ވިދާޅުވިއެވެ.

ޓްރަމްޕު ވަނީ މިހަމަލާގެ ކުރީން އިރާނުން ހަމަލާދޭނެ ކަމުގެ އިޝާރާތެއް ދިންކަމަށް ބުނެފައި އެވެ. އަދި އެކަމަށް ޓްރަމްޕު ވަނީ އިރާނަށް ޝުކުރުވެސް އަދާކޮށްފައެވެ. އަދި ބޭސްއަށާއި ސިފައިންނަށް ގެއްލުމެއް ނުލިބުނީ އެކަމުގެ ސަބަބުން ކަމަށްވެސް ޓްރަމްޕު ފާހަގަކުރިއެވެ.

އަދި މި ހަމަލާއާއި އެކު އިރާނަށް ވެސް އެމީހުން ބޭނުންވާ ބަދަލު ހިފިއްޖެ ކަމަށާއި އެކަމަށް އެމެރިކާއިން ދޭނެ ރައްދެއް ނެތްކަން ދޭހަވާ މޭރުމަކުން ޓްރަމްޕު ވިދާޅުވީ "އެންމެ މުހިންމު ކަމަކީ އެމީހުންގެ "ސިސްޓަމުން" އެކަން މިހާރު ބޭރުވެއްޖެ" ކަމަށެވެ.

ޓްރަމްޕު އިތުރަށް ވިދާޅުވީ އިރާނަށް މިހާރު ސަރަޙައްދުގެ ޞުލްޙަމަސަލަސްކަމާއި އެއްބައިވަންތަކަމަށް މަސައްކަތްކުރުމުގައި ކުރިއަށް ދެވޭނެކަމަށާއި، އެކަމަށް އިޒްރޭލަށްވެސް އެމެރިކާއިންވެސް ހިތްވަރުދޭކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside