






އެމެރިކާގެ ބޭސްތަކަށް އިރާނުން އިތުރު ހަމަލާތަކެއް ދޭނުމުގެ ފުރުސަތު އޮތް ކަމަށް އެމެރިކާ އަސްކަރިއްޔާގެ އިސް އޮފިޝަލަކު ބުނެފި އެވެ.
އަލްޖަޒީރާއާ ވާހަކަ ދައްކަވަމުން އެމެރިކާގެ އަސްކަރީ އޮފިޝަލަކު މިރޭ ބުނީ އީރާނުން އެމެރިކާގެ މަސްލަހަތު ހިމެނޭ ތަންތަނަށް އިތުރު ހަމަލާތައް ދިނުމަކީ ބާތް ކަމެއް ކަމަށާއި އެކަމުގެ ބިރު އެބަ އޮތް ކަމަށެވެ. އެގޮތުން އެމެރިކާއިން އީރާނުގެ ތިން ފެސިލިޓީއަކަށް ހަމަލާ ދީފައިވާއިރު އީރާނުން އަދި މިހާތަނަށް ހަމަލާ އަމާޒުކޮށްފައި ވަނީ އެންމެ ބޭސްއަކަށް ކަން އެއޮފިޝަލް ވަނީ ފާހަގަކޮށްފައި އެވެ.
އެމެރިކާގެ އަސްކަރީ އޮފިޝަލަކު އަލްޖަޒީރާއަށް މައުލޫމާތު ދެމުން އިތުރަށް ބުނީ އީރާނުން ދޭ ހަމަލާތަކަށް ރައްދު ދެއްވަން ރައީސް ޓްރަމްޕް އިޚްތިޔާރު ކުރައްވައިފި ނަމަ އަމަލުކުރާނެ ގޮތަކާއި މެދު މިހާރު އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިން ރައީސް ޓްރަމްޕަށް ގޮތްތަކެއް ހުށަހަޅަމުންދާ ކަމަށެވެ.
މެދު އިރުމަތީގައި އެމެރިކާގެ މަސްލަހަތު ހިމާޔާތްކޮށް އެމެރިކާގެ ބޭސްއަކަށް އައިސްދާނެ އިތުރު ހަމަލާއަކުން ރައްކާތެރިކަމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާކަންވެސް އޮފިޝަލް ފާހަގަކުރި އެވެ.
އިރާނުން މިރޭ ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަލް އުދީދު އެއާބޭސްއަށް އަމާޒުކޮށް ގިނަ މިސައިލް ހަމަލާތަކެއް ފޮނުވާލާފައި އެވެ. އެތަނުން އެއް މިސައިލް ވަނީ ކާމިޔާބުކަމާއި އެކު އަމާޒަށް ވާސިލްވެފައި އެވެ.








