logoEN
Sto top
ސީރިއާގައި ހުންނަ އެމެރިކާގެ ކަސްރަކް ބޭސް ހައި އެލާޓަށް ގެނެސްފި

ސީރިއާގައި ހުންނަ އެމެރިކާގެ ކަސްރަކް ބޭސް ހައި އެލާޓަށް ގެނެސްފި

އަހުމަދު ޝުރާއު

logo

6/23/2025, 5:48:09 PM

# އިރާން - އެމެރިކާ

ސީރިއާގައި ހުންނަ އެމެރިކާގެ ކަސްރަކް އަސްކަރީ މަރުކަޒު ފުލް އެލާޓަށް ގެނެސްފި އެވެ.

Wamco

އެމެރިކާ ސިފައިން މިވަގުތު ދެވަނަ އަށް އެންމެ ގިނައިން ތިބި ސީރިޔާގެ އިރުއުތުރުގައި ހުންނަ ޕްރައިމަރީ ބޭސް މިހާރު އޮތީ ހައި އެލާޓްގައި ކަމަށާއި އެއީ އީރާނުން ނުވަތަ އީރާނާ ގުޅިފައިވާ ޖަމާއަތްތަކުން ކުރިމަތިވެދާނެ ނުރައްކާތަކާ ގުޅިގެން ކަމަށް ސޫރިޔާގެ ސަލާމަތީ މަސްދަރަކާ ހަވާލާދީ ރޮއިޓާސް އިން ދާދި ދެންމެ އަކު ވަނީ ބުނެފައި އެވެ.

ކަސްރަކްގެ ނަމުން ނަންދީފައިވާ މި ބޭސްއަކީ އެމެރިކާގެ ސިފައިން ތިބޭ އިރުއުތުރު ހަސަކާ ޕްރޮވިންސްގެ ދެ ތަނެއްގެ ތެރެއިން އެއް މަރުކަޒެވެ. ރިޕޯޓުތައް ބުނާގޮތުގައި މިއީ މެދު އިރުމަތީގައި މިވަގުތު ދެވަނައަށް އެންމެ ގިނަ އެމެރިކާ ސިފައިން ތިބި އެއް މަރުކަޒެވެ.

ސީރިއާގައި ހުންނަ ކަސްރަކް ބޭސް ހައި އެލާަޓަށް ގެނެސްފައިމިވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އެންމެ ބޮޑު އަސްކަރީ ބޭސްކަމަށްވާ އުލް އުދޫދު އަށް އިރާނުން މިސައިލް ހަމަލާތަކެއް ދިނުމާއި ގުޅިގެންނެވެ. އެގޮތުން މި ހަމަލާތައް ގަތަރުގެ އަސްކަރިއްޔާއިން ހުއްޓުވި ކަން މިހާރު ވަނީ ރަސްމީކޮަށް އިއުލާނުކޮށްފައެވެ.

އިރާނުން ހަމަލާތައް ފަށާފައިމިވަނީ އެމެރިކާގެ އަސްކަރީ ޖެޓުތަކެއް އިރާނަށް އިއްޔެ ހެނދުނު ވަދެ އިރާނުގެ 3 ނިއުކްލިއާ ފެސިލިޓީއަކަށް ހަމަލާދިނުމާއި ގުޅިގެންނެވެ. އެގޮތުން އެހަމަލާތަކަކީ އިސްރާއީލުގެ ފުރިހަމަ އެއްބާރުލުމާއި އެކު ކުރިޔަށް ގެންދިޔަ ކާމިޔާބު އޮޕަރޭޝަނެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside