logoEN
Sto top
އިރާނުގެ މިސައިލެއް ގަތަރުގައި ހުންނަ އެމެރިކާގެ އަލް އުދީދު ބޭސްއަށް ކާމިޔާބުކަމާއިއެކު އަމާޒުވެއްޖެ - ރިޕޯޓު

އިރާނުގެ މިސައިލެއް ގަތަރުގައި ހުންނަ އެމެރިކާގެ އަލް އުދީދު ބޭސްއަށް ކާމިޔާބުކަމާއިއެކު އަމާޒުވެއްޖެ - ރިޕޯޓު

އަހުމަދު ޝުރާއު

logo

6/23/2025, 5:03:29 PM

# އިރާން - އެމެރިކާ

އިރާނުން މިރޭ އެމެރިކާގެ އަސްކަރީ މަރުކަޒެއްވާ އަލް އުދީދު ބޭސްއަށްދިން މިސައިލް ހަމަލާތަކުގެ ތެރެއިން އެއް މިސައިލް އެބޭސްއަށް އަމާޒުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

Wamco

ރިޕޯޓުތައް ބުނާގޮތުގައި އިރާނުން މިރޭ 6 މިސައިލް ވަނީ ގަތަރުގެ ވެރިރަށް ދޯހާގެ ހުޅަނގު ދެކުނުގައި ހުންނަ އެމެރިކާގެ އަލް އުދީދު ބޭސްއަށް ފޮނުވާލާފައި އެވެ. އެތަނުން ބައެއް މިސައިލްތައް އެމެރިކާގެ ދިފާއީ ނިޒާމުތަކުން ހުއްޓުވި ނަމަވެސް މަދުވެގެން އެއް މިސައިލް އެމެރިކާގެ ދިފާއީ ނިޒާމު ފޫއަޅުވާލައި އަމާޒުވި އެވެ.

އަދި މިސައިލް އަމާޒަށް ވާސިލްވި ވަގުތު އެމަރުކަޒުން ބާރުގަދަ އަޑެއް އިވޭ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު އަންނަނީ ދައުރުވަމުންނެވެ. އެވީޑިއޯގެ ސައްހަކަން ވަނީ ކަށަވަރުވެފައި އެވެ.

އިރާނުގެ މެހެރް ނޫހުން ރިޕޯޓުކުރަމުންދާގޮތުގައި ތިން މިސައިލް ވަނީ ކާމިޔާބުކަމާއި އެކު އަމާޒަށް ވާސިލްވެފައި އެވެ. ނަމަވެސް މިކަން އަދި ކަށަވަރުވެފައި ނުވެއެވެ.

އިރާނުން ހަމަލާތައް ފަށާފައިމިވަނީ އެމެރިކާގެ އަސްކަރީ ޖެޓުތަކެއް އިރާނަށް އިއްޔެ ހެނދުނު ވަދެ އިރާނުގެ 3 ނިއުކްލިއާ ފެސިލިޓީއަކަށް ހަމަލާދިނުމާއި ގުޅިގެންނެވެ. އެގޮތުން އެހަމަލާތަކަކީ އިސްރާއީލުގެ ފުރިހަމަ އެއްބާރުލުމާއި އެކު ކުރިޔަށް ގެންދިޔަ ކާމިޔާބު އޮޕަރޭޝަނެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ބުނެފައި އެވެ.

އިރާނަށް އެމެރިކާއިން ހަމަލާދިން އިރު އިސްރާއީލާއި ދެމެދު ހިނގަމުންދާ ހަމަލާ ބަދަލުކުރުންތަކުގައި އިރާނުން އެމެރިކާއާއި ގުޅޭ އެއްވެސް ތަނަކަށް އަދި އެމެރިކާގެ ރައްޔިތަކަށްވެސް އަމާޒުކޮށް ހަމަލާދީފައި ނުވެއެވެ. އެހެން ކަމުން އިރާނުން ބުނާގޮތުގައި އެމެރިކާއިން ފުރަތަމަ ހަމަލާތައް ދިނުމުން އިރާނަށް ރައްދު ހަމަލާތައް ދިނުން ހުއްޓުވަން ދައްކާނެ ހުއްޖަތެއް ނެތެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside