
އެމެރިކާއިން އިރާނަށް ހަމަލާދޭން ނިއުކްލިއާ ހަތިޔާރުބޭނުންކުރި ކަމަށް ތުހުމަތުކޮށްފި
# އިރާން - އެމެރިކާ-
އެމެރިކާއިން މިއަދު ހެނދުނު އިރާނަށް ދިން ވަރުގަދަ ހަމަލާގައި ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ތަޖުރިބާކާރުން ތުހުމަތުކޮށްފި އެވެ.

ދަ އެކޮނިމިސްޓަށް މައުލޫމާތު ދިން ބައެއް ތަޖުރިބާކާރުން ބުނާގޮތުގައި އިރާނުގެ އެންމެ ވަރުގަދަ ނިއުކްލިއާ ފެސިލިޓީ، ފޯޑޯ ފެސިލިޓީއަށް އެމެރިކާއިން މިއަދު ހެނދުނު ހަމަލާދިނުމަށް ބޭނުންކޮށްފައިވަނީ ނިއުކްލިއާ ހަތިޔާރު ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
ސަބަބަކީ ފޯޑޯ ފެސިލިޓީއަކީ މިހާތަނަށް ދުނިޔޭގައި ހުރި ނިއުކްލިއާ ފެސިލިޓީތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު އަދި އެންމެ ވަރުގަދައަށް ބިނާކޮށްފައިވާ ފެސިލިޓީއަކަށް ވުމާއި އެކު އެމެރިކާއިން ބޭނުންކުރި ކަމަށްބުނާ ބަންކަރު ބަސްޓާސްއަށް އެފަދަ ވަރުގަދަ ފެސިލިޓީއެއް ހަލާކުކޮށްލުމުގެ ގާބިލުކަން ލިބިފައި ނުވުން ކަމަށް އެކޮނޮމިސްޓަށް މައުލޫމާތު ދިން ތަޖުރިބާކާރުން ބުނެއެވެ.
އަދި ފޯޑޯ ފެސިލިޓީއަށް ހަމަލާދެވޭނެ އެންމެ ފަސޭހަ ގޮތަކީ ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްގެން ކަމަށާއި ދެވަނަ ގޮތަކީ އެއްގަމު މަގުން އެފިސިލިޓީއަށް ވަދެ ހަމަލާދިނުން ކަމަށްވެސް ތަޖުރިބާކާރުންވަނީ ބުނެފައި އެވެ.
އެމެރިކާއިން ހާމަކޮށްފައިވާ ގޮތުގައި މިއަދު ހެނދުނު ހަމަލާދިން އިރާނުގެ ތިން ފެސިލިޓީއަށްވެސް ހަމަލާދިނުމަށް ބޭނުންކޮށްފައިވަނީ އެގައުމުގެ އެންމެ ވަރުގަދަ ފައިޓާ ޖެޓުތައް ކަމަށްވާ ބީ2 ފައިޓާ ޖެޓުތަކެވެ. އަދި އެޖެޓުތަކުން ހަމަލާދިނީ ބަންކަރު ބަސްޓާސް ބޭނުންކޮށްގެން ކަމަށްވެސް ވަނީ ބުނެފައި އެވެ. ނަމަވެސް ބީ2 ގައި އެފަދަ ފެސިލިޓީއަކަށް ގެއްލުން ދެވޭ ފެންވަރުގެ ގާބިލުކަމެއް ހުރެދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޮކޮނޮމިސްޓަށް މައުލޫމާތު ދިން ތަޖުރިބާކާރުން ވަނީ ބުނެފައި އެވެ.
މި ހަމަލާއާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބުނީ އެމެރިކާއިން ހަމަލާދީފައިވަނީ އިރާނުގެ ތިން ނިއުކްލިއާ ފެސިލިޓީއަކަށް ކަމަށެވެ. އަދި އެ ހަމަލާ ކާމިޔާބުކަމަށްވެސް ވަނީ ބުނެފައި އެވެ. މި ހަމަލާއާއިއެކު އިރާނުގެ ނިއުކްލިއާ ޕްރޮގްރާމް އެއްކޮށްހެން ނައްތާލާފައިވާކަމަށް ޓްރަމްޕު ބުނި ނަމަވެސް އިރާނުން ވަނީ އެފިސިލިޓީތަކަށް މާބޮޑު ގެއްލުންތަކެއް ނުލިބޭ ކަމަށް ބުނެފައި އެވެ. އަދި އެހަމަލާގެ ސަބަބުން އިރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް އަސަރު ނުކުރާކަމަށްވެސް އިރާނުން ބުނެއެވެ.
ގުޅުންހުރި

އިރާނުގެ އެއް މިސައިލް އަލް އުދީދު ބޭސްއަށް އަމާޒުވިކަން ގަތަރުން ކަށަވަރުކޮށްދީފި

ހަމަލާދިނުމުގެ ކުރީން އިޝާރާތެއް ދިން ކަމަށްޓަކައި ޓްރަމްޕުގެ ޝުކުރު އިރާނަން: ބުނީ ބަދަލުހިފުމުގެ ރޫހެއް ނެތް ކަމަށް!

އެމެރިކާގެ އިތުރު ބޭސްތަކަށް އިރާނުން ހަމަލާތަކެއް މިރޭ ދީފާނެ ކަމުގެ ބިރު އެބައޮތް - އެމެރިކާގެ އަސްކަރީ އޮފިޝަލެއް
