






އިސްރާއީލުން އިރާނަށް ދީފައިވާ ގެއްލުންތަކާއި މެދު ހަމްދަރުދީވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބުނެފި އެވެ.
ޓްރަމްޕު މިފަދައިން ބުނީ މީގެ އިރުކޮޅެއް ކުރީން ވައިޓް ހައުސްގެ އޯވަލް ރޫމުން ނޫސްވެރިންނާއި ބައްދަލުކޮށް ދިން އިންޓަވިއުއެއްގައި އެވެ.
އެގޮތުން ޓްރަމްޕު ވަނީ އިޒްރޭލުން އީރާނަށް ދެމުން ގެންދާ ހަމަލާތަކަކީ ވަރަށް ނުރައްކާތެރި ހަމަލާތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އެހަމަލާތަކުގައި އިރާނުން އެތައް ބަޔަކު މަރުވެ އިރާނުގެ ބައެއް ތަންތަނަށް ލިބެމުންދާ ގެއްލުންތަކަކީ އޭނާ ބަލަން ބޭނުން ނުވާ މަންޒަރުތަކެއް ކަމަށެވެ.
ނަމަވެސް އީރާނުގެ ނިއުކްލިއާ މަރުކަޒުތައް ނައްތާލުމުގެ މަގުސަދުގައި އިޒްރޭލުން ކާމިޔާބު ކަމާއެކު އޮޕަރޭޝަންތައް ހިންގަމުން އަންނަ ކަމަށާއި އެ އޮޕަރޭޝަންތައް ފެށުމުގެ ހަފުތާއެއްހާ ދުވަސް ކުރިން އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ގާތްވެފައިވާ ކަމުގެ މައުލޫމާތު ލިބުނު ކަމަށް ޓްރަމްޕު ބުންޏެވެ.
ޓްރަމްޕް ބުނީ އިރާނާއި މެދު ކަންކުރާނެ ގޮތާއި ކުރިއަށް ދާނެ ގޮތުގެ ޕްލޭންތަކެއް އެބަހުރި ކަމަށާއި ފަހުގެ ނިންމުމެއް ނިންމާނީ ހާލަތަށް ރިޔާއަތްކުރުމަށްފަހުގައި ކަމަށެވެ.
އަދި އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުމަށް އޭނާގެ ސަޕޯޓަރުން ތާއީދު ނުކުރާ ކަމަށްވެސް ޓްރަމްޕް ބުންޏެވެ.
ޓްރަމްޕު އިތުރަށް ބުނީ ހަމަނުޖެހުމަށް ތާއީދުނުކުރާ ކަމަށާއި ނަމަވެސް އިރާނުން އޭނާއަށް ދިން ހަމައެކަނި އޮޕްޝަނަކީ ހަނގުރާމަކޮށްގެން ވިޔަސް އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމު ފެއިލްކޮށްލުން ކަމަށެވެ. ނަމަވެސް އެހެން ބުނުމަށްފަހު ޓްރަމްޕު ވަނީ އިސްރާއީލުން ހަމަލާދިން އިރު އީރާނުން އޮތީ ރަނގަޅު ނިއުކްލިއާ އެއްބަސްވުމަކަށް އައުމާއި ގާތްވެފައިކަމަށް ބުނެފައި އެވެ.
އަދި އިރާނާއި އިސްރާއީލުގެ ހަމަނުޖެހުމުގެ ތެރެއަށް ވަނުމަށް އެމެރިކާއިން އިސްކަންނުދިން ނަމަވެސް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު އިރާނަށް ދޭން ބޭނުންނުވާ ކަމަށް ޓްރަމްޕު ވަނީ ބުނެފައި އެވެ. އަދި މިވަގުތުވެސްއީރާނާ އެކު މަޝްވަރާކުރުމުގެ ދޮރު ބަންދުކޮށްފައެއް ނުވާ ކަމަށް ޓްރަމްޕު ވަނީ ބުނެފައި އެވެ.
ޓްރަމްޕުގެ ރާގު މިއަދު ބަދަލުވި އިރު އިއްޔެ އޭނާ ވަނި އިރާނަށް ވަރުގަދަ އިންޒާރުތަކެއް ދީފައި އެވެ. އެގޮތުން އަމާން ދިނުމަށާއި ވެރިރަށް ތެހްރާން ހުސްކުރުމަށް އޭނާ ވަނީ އިންޒާރުދީފައި އެވެ.








