logoEN
Sto top
މާސްޓަރ އެތްލެޓިކްސް ޗެންޕިއަންޝިޕްގެ ފިރިހެން އަދި އަންހެން ޗެންޕިއަންކަން އައިލެންޑް ރަނާސް ހޯދައިފި

މާސްޓަރ އެތްލެޓިކްސް ޗެންޕިއަންޝިޕްގެ ފިރިހެން އަދި އަންހެން ޗެންޕިއަންކަން އައިލެންޑް ރަނާސް ހޯދައިފި

ހަސަން ޝަމްއޫން

logo

5/10/2025, 2:11:34 PM

# ދިވެހި ކުޅިވަރު # މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސް# މާސްޓަރސް އެތްލެޓިކްސް ޗެންޕިއަންޝިޕް 2025

މުބާރާތުގެ ޗެންޕިއަންކަން ހޯދީ އައިލެންޑް ރަނާސް އަންހެން އަދި ފިރިހެން ޓީމު.. ފޮޓޯ: ގާފު ސްޕޯޓްސް

މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށް، ރާއްޖޭގައި ބޭއްވި ފުރަތަމަ "މާސްޓަރސް އެތްލެޓިކްސް ޗެންޕިއަންޝިޕް 2025" ގެ އަންހެން އަދި ފިރިހެން ޗެންޕިއަންކަން އައިލެންޑް ރަނާސް ހޯދައިފިއެވެ.

Wamco

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެންޕިއަންކަން އައިލެންޑް ރަނާސް ހޯދިއިރު، އެޓީމުން ވަނީ ޖުމްލަ 19 މެޑަލް ހޯދާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 12 ރަން މެޑަލް، ހަތަރު ރިހި މެޑަލް، ތިން ލޯ މެޑަލް އެވެ. އަދި މިޑިވިޝަންގެ ދެވަނަ ހޯދީ ޖުމްލަ އަށް މެޑަލާއި އެކު ޓްރެކް އެންޑް ފީލްޑް އެވެ. އެޓީމުން ވަނީ ހަތަރު ރަން މެޑަލް އާއި ތިން ރިހި މެޑެލްގެ އިތުރުން އެއް ލޯ މެޑަލް ހޯދާފައެވެ. އަދި ފިރިހެން ޑިވިޝަންގެ ތިންވަނަ ހޯދީ ޓީމު ސްރީލަންކާ އެވެ. ލަންކާ ޓީމުން ވަނީ ދެ ރަން މެޑަލާއި ތިން ރިހި މެޑަލްގެ އިތުރުން އެއް ލޯ މެޑަލް ހޯދާފައެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެންޕިއަންކަން އައިލެންޑް ރަނާސް ހޯދިއިރު، އެޓީމުން ވަނީ ޖުމްލަ ހަތް މެޑަލް ހޯދާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް ރަން މެޑަލް، އެއް ރިހި މެޑަލް އަދި އެއް ލޯ މެޑަލް އެވެ. އަދި މިޑިވިޝަންގެ ދެވަނަ ހޯދީ ޖުމްލަ 11 މެޑަލާއި އެކު ޓްރެކް އެންޑް ފީލްޑް އެވެ. އެޓީމުން ވަނީ ހަތަރު ރަން މެޑަލް އާއި ތިން ރިހި މެޑެލްގެ އިތުރުން ހަތަރު ލޯ މެޑަލް ހޯދާފައެވެ. އަދި އަންހެން ޑިވިޝަންގެ ތިންވަނަ ހޯދީ ޓީމު ސްރީލަންކާ އެވެ. ލަންކާ ޓީމުން ވަނީ ތިން ރަން މެޑަލްގެ އިތުރުން ތިން ރިހި މެޑަލް ހޯދާފައެވެ.

8 މެއި 2025 އިން 10 މެއި 2025 ގެ ނިޔަލަށް ކުރިއަށްދިޔަ މިމުބާރާތުގައި މިއަހަރު ޖުމްލަ 11 ޓީމަކުން 100 އަަށްވުރެ ގިނަ އެތްލީޓުން ވާދަކުރިއިރު، އޭގެ ތެރޭގައި ހަންގޭރީ، ފިންލޭންޑް، ބަންގްލަދޭޝް އަދި އިންޑިޔާގެ އިތުރުން ސްރީލަންކާގެ މާސްޓަރސް އެތްލީޓުން ވާދަކޮށްފައިވެއެވެ.

ވޯލްޑް މާސްޓަރސް އެތްލެޓިކްސްގެ މިންގަނޑުތަކަށް ފެތޭގޮތައް ބޭއްވި މިމުބާރާތް މިއަހަރު ފަސް އުމުރުފުރައަކަށް ހުޅުވާލެވިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 35 އަހަރުން މަތި، 40 އަހަރުން މަތި، 45 އަހަރުން މަތި، 50 އަހަރުން މަތި އަދި 55 އަހަރުން މަތީގެ އުމުރުފުރައެވެ.

މީގެ އިތުރުން މިމުބާރާތުގައި ކުރިއަށް ގެންދިޔަ އިވެންޓްތަކަކީ 100 މީޓަރު، 200 މީޓަރު، 1500 މީޓަރު، 5000 މީޓަރު، 10،000 މީޓަރު، 4×400 މީޓަރު (މިކްސް ރިލޭ)، 4×800 މީޓަރު (މިކްސް ރިލޭ)، ޝޮޓް ޕުޓް ތްރޯއިންގ، ޑިސްކަސް ތްރޯއިންގ އަދި ޖެވަލިންގ ތްރޯއިންގ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside