logoEN
Sto top
އިންޑިއާގެ ކަނޑާއި ވައިގެ ޕޯޓުތަކާއި ޓާމިނަލްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި

އިންޑިއާގެ ކަނޑާއި ވައިގެ ޕޯޓުތަކާއި ޓާމިނަލްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި

އަހުމަދު ޝުރާއު

logo

5/9/2025, 8:43:16 AM

# އިންޑިއާ - ޕާކިސްތާނު

--

އިންޑިއާގެ ކަނޑާއި ވައިގެ ޕޯޓުތަކާއި ޓާމިނަލްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި އެވެ.

Wamco

އިންޑިއާއިން މިފަދަ ފިޔަވަޅެއް އަޅާފައިމިވަނީ އެގައުމާއި ޕާކިސްތާނާއި ދެމެދު ފާއިތުވި ދެ ދުވަހު ވަރުގަދަ ހަމަލާބަދަލުކުރުންތައް ހިނގާފައިވަނިކޮށެވެ.

ރޮއެޓާސްއިން ރިޕޯޓުކުރާ ގޮތުގައި އަވަށްޓެރި ޕާކިސްތާނާ އެކު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވުމާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އިންޑިއާއިން ވަނީ ހުރިހާ ބަނދަރަކާއި ޝިޕިން ޓާމިނަލްތަކާއި ޝިޕްޔާޑްތަކަށް އަންގާފައިއެވެ.

މިއެންގުން އަންގާފައި މިވަނީ ނިއުކްލިއާ ހަތިޔާރު ލިބިފައިވާ ވާދަވެރި ޕާކިސްތާނާ އެކު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އުތުރު ސަރަހައްދުގެ 24 އެއާޕޯޓެއްގައި އިންޑިއާ އިން މަދަނީ ދަތުރުތައް މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައި އެވެ.އަދި ހަމަލާތަކާއި އެކު އިންޑިއާގެ ބޮޑެތި އެއާލައިންތައް ކަމަށްވާ އެއާ އިންޑިއާ، އިންޑިގޯ އަދި ސްޕައިސްޖެޓް އިން ބުދަ ދުވަހުން ފެށިގެން ވަނީ 100 އަށް ވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްވެސް ކޮށްފައެވެ.

އިންޑިއާއިން މިދިޔަ ބުދަ ދުވަހު "ޓެރަރިސްޓް ކޭމްޕްތަކަށް" އަމާޒުކޮށް ދިން ވައިގެ ހަމަލާތަކާ ގުޅިގެން ޕާކިސްތާނުގައި 50 ވަރަކަށް މީހުންގެ ފުރާނަ ވަނީ ގެއްލިފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside