logoEN
Sto top
އިންޑިއާ އަސްކަރިއްޔާގެ ދެ ޖެޓު ވައްޓާލައިފިން - ޕާކިސްތާނު

އިންޑިއާ އަސްކަރިއްޔާގެ ދެ ޖެޓު ވައްޓާލައިފިން - ޕާކިސްތާނު

އަހުމަދު ޝުރާއު

logo

5/6/2025, 10:20:41 PM

# އިންޑިއާ - ޕާކިސްތާނު

ޕާކިސްތާނާއި އިންޑިއާ އާއި ދެމެދު މިރޭ ފެށުނު ހަމަލާބަދަލުކުރުންތަކުގައި ޕާކިސްތާނުން އިންޑިއާ އަސްކަރިއްޔާއަށް ނިސްބަތްވާ ދެ ޖެޓު ވައްޓާލައިފި އެވެ.

Wamco

ޕާކިސްތާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު ލެފްޓިނެންޓް ޖެނެރަލް އަހްމަދު ޝަރީފް ޗައުދަރީ އާއި ހަވާލާދީ ސީއެންއެންއިން ރިޕޯޓުކުރާ ގޮތުގައި ޕާކިސްތާނު އަސްކަރިއްޔާގެ ހަމަލާއެއްގައި އިންޑިއާގެ ވައިގެ ސިފައިންގެ ދެ މަތިންދާ ބޯޓެއް މިހާރު ވަނީ ވެްޓިފައި އެވެ.

"އިންޑިއަން އެއާފޯސްގެ މަދުވެގެން ދެ މަތިންދާ ބޯޓެއް މިހާތަނަށް ވައްޓާލިކަން ވަނީ ކަށަވަރުވެފައި،" އޭނާ ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން އަދި މިހާތަނަށް އިންޑިއާ އަސްކަރިއްޔާއިން ބަހެއް ބުނެފައިނުވުމާއި އެކު ޕާކިސްތާނުގެ މި ވާހަކަތައް އަދި މިހާތަނަށް ސީދާ ކަށަވަރު ނުވާކަމަށް ސީއެންއެންއިންވެސް އަންނަނީ ބުނަމުންނެވެ.

ދެގައުމުގެ ދެމެދުގައި ހަމަލާބަަދަލުކުރުންތައް ފެށިފައިމިވަނީ އިންޑިއާއިން މިރޭ ޕާކިސްތާނަށް ދިން ކުއްލި ވަރުގަދަ ހަމަލާތަކާއި ގުޅިގެންނެވެ. "އޮޕަރޭޝަން ސިންދޫރު" ގެ ނަމުން ނަންދެވި ފެށުނު މި ޚާއްސަ އޮޕަރޭޝަނާއި ގުޅިގެން އިންޑިއާގެ ދިފާއީ ވުޒާރާއިން ބުނީ ޕާކިސްތާނުގައި ނިރުބަވެރިންގެ އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ. މި ހަމަލާއަކީ އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ޕަހަލްގަމްގައި މިދިޔަ މަހު ދިން ހަމަލާގައި 26 މީހުން މަރުވި ހާދިސާއާއި ގުޅިގެން ނިރުބަވެރިންނަށް އަމާޒުކޮށް ފެށި ހަމަލާތަކެއް ކަމަށް އިންޑިއާ އަސްކަރިއްޔާއިން ވަނީ ބުނެފައި އެވެ. ޕަހަލްގަމްއަށް ދިން ހަމަލާގެ އަޑީގައި ޕާކިސްތާނުގެ ސަރުކާރުގެ އަތެއް ވާކަަމަށް އިންޑިއާއިން ތުހުމަތު ކުރި ނަމަވެސް ޕާކިސްތާނު ސަރުކާރުން ވަނީ އެކަމުގައި އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެ، އެކަން ހިނގި ގޮތުގެ "ނިއުޓްރަލް" ތަހުގީގެއް ހިންގުމަށް ގޮވާލާފަ އެވެ.

އިންޑިއާއިން "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި ފެށި ހަމަލާތަކުގައި އިންޑިއާ އަސްކަރިއްޔާއިން ވަނީ ޕާކިސްތާނުގެ 7 ސަރަހައްދަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައި އެވެ. ހަމަލާގައި މިހާތަނަށް 3 މީހަކު މަރުވެފައިވާ ކަމަށް ޕާކިސްތާނު ސަރުކާރުން ވަނީ ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside