
--
އިރާނަށް ނިއުކްލިޔާ ހަތިޔާރު ނުބެހެއްޓޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.

ނިއުކްލިއާ ޕްރޮގްރާމާއި ގުޅޭ ރަސްމީ މަޝްަވަރާތައް ފެށުމަށް އެމެރިކާއާއި އިރާނުން މިހާރު ވަނީ ތައްޔާރުވެފައި އެވެ. މި މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޮމާން މެދުވެރިޔެއްގެ ދައުރު އަަދާކުރާގޮތަށް އޮމާންގެ މަސްކަަޓުގައި އެވެ.
މަޝްވަރާތައް ފެށުމުގެ ގަޑިއިރުތަކެއް ކުރިން އެއާފޯސް ވަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އީރާނަކީ އުފާވެރި، މޮޅު، އުފާވެރި ގައުމަކަށް ވުމަށް އެދޭ ކަމަށެވެ. އެކަމަކު ނިއުކްލިއާ ހަތިޔާރެއް އެ މީހުންގެ އަތުގައި ނުބެހެއްޓޭނެ ކަމަށެވެ.
އޮމާންގައި މިއަދު ފަށާ މަޝްވަރާތައް ޓްރަމްޕު ސިފަކުރެއްވީ "ބޮޑު" މަޝްވަރާއެއްގެ ގޮތުގަ އެވެ.އީރާނުން ބުނަނީ ނިއުކްލިއާ ޕްރޮގްރާމަކީ ހަމައެކަނި މަދަނީ ބޭނުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ އީރާނާ ދެކޮޅަށް އާ އަސްކަރީ އިންޒާރެއް ދެއްވާފައި ވަނިކޮށެވެ. "އަސްކަރިއްޔާ ބޭނުންވެއްޖެ ނަމަ އަސްކަރިއްޔާގެ ބާރު ބޭނުންކުރާނަން،" މަޝްވަރާތަކުން އެއްބަސްވުމެއް ނުހެދިއްޖެ ނަމަ ދެން ވާނީ ކިހިނެއްތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވި އެވެ.
އޮމާންގެ ވެރިރަށް މަސްކަޓްގައި ކުރިއަށްދާ މި މަޝްވަރާތަކަކީ އީރާނުގެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވަން ބޭނުންވާ ޓްރަމްޕްގެ ވެރިކަމުގައި ބާއްވާ ފުރަތަމަ މަޝްވަރާއެވެ. މަޝްވަރާތަކުގެ ކުރީން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ އީރާނުން ބޭނުންވަނީ ހަނގުރާމައެއް ނޫންކަމަށެވެ.
މިއަދު ފަށާ މި މަޝްވަރާތަކުގައި އީރާނުގެ ވަފުދުގައި އިސްކޮށް ހުންނެވީ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އެވެ. އިރާނުގެ އެންމެ ތަޖުރިބާކާރު ޑިޕްލޮމެޓް ކަމަށްވާ އަރަގްޗީ އަކީ މީގެ ކުރިން އީރާނުގެ އެންމެ އިސް ނިއުކްލިއާ މަޝްވަރާވެރިޔާ އެވެ. އެމެރިކާގެ ފަރާތުން މަޝްވަރާތައް ބަލަހައްޓާނީ ސްޓީވް ވިޓްކޯފް އެވެ. ވިޓްކޯފް އަކީ ނިއުޔޯކްގެ ޕްރޮޕަޓީ ޑިވެލޮޕަރެއްގެ އިތުރުން ޓްރަމްޕްގެ ގާތް ރަހުމަތްތެރިއެކެވެ. މީގެ ކުރިން ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކާ ހަވާލުވެ ވަޑައިގެން ހުންނެވީވެސް އޭނާއެވެ.
އީރާނުގެ ދައުލަތުގެ ޓީވީން ބުނީ އަރަގްޗީ ވެރިރަށް އޮމާނަށް ވަޑައިގަތުމަށްފަހު އޮމާންގެ އޮފިޝަލުންނާ ބައްދަލުކުރެއްވި ކަމަށެވެ. އީރާނުގެ ނިއުސް އެޖެންސީ ތަސްނީމް އިން ބުނި ގޮތުގައި މި ވަފުދުތަކުން ނުސީދާ ކޮށް މަޝްވަރާތައް ފަށާނީ އޮމާންގެ ޚާރިޖީ ވަޒީރު ބަދުރު ބިން ހަމަދު އަލް ބުސައިދީއާ ބައްދަލުކުރެއްވުމަށް ފަހު އެވެ. ތަސްނީމްއިން ރިޕޯޓުކުރާ ގޮތުގައި މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު އަލްބުސައިދީ މެދުވެރިއަކަށް ހުންނަވައިގެން ކަމަށެވެ.
ގުޅުންހުރި

އިރާނުގެ އެއް މިސައިލް އަލް އުދީދު ބޭސްއަށް އަމާޒުވިކަން ގަތަރުން ކަށަވަރުކޮށްދީފި

ހަމަލާދިނުމުގެ ކުރީން އިޝާރާތެއް ދިން ކަމަށްޓަކައި ޓްރަމްޕުގެ ޝުކުރު އިރާނަން: ބުނީ ބަދަލުހިފުމުގެ ރޫހެއް ނެތް ކަމަށް!

އެމެރިކާގެ އިތުރު ބޭސްތަކަށް އިރާނުން ހަމަލާތަކެއް މިރޭ ދީފާނެ ކަމުގެ ބިރު އެބައޮތް - އެމެރިކާގެ އަސްކަރީ އޮފިޝަލެއް
