.jpg&w=3840&q=75)
މާސްޓަރސް އެތްލެޓިކްސް ޗެންޕިއަންޝިޕްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
# ދިވެހި ކުޅިވަރު# މާސްޓަރސް އެތްލެޓިކްސް ޗެންޕިއަންޝިޕް 2025# ދިވެހި ކުޅިވަރު # މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސްގައުމީ މުބާރާތުގެ މާސްޓަރސް ކެޓަގެރީގައި އެތްލީޓުންތަކެއް ދުވަނީ
މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށް، ރާއްޖޭގައި ބާއްވާ ފުރަތަމަ "މާސްޓަރސް އެތްލެޓިކްސް ޗެންޕިއަންޝިޕް 2025" ގައި ބައިވެރިވުމުގެ މުއްދަތު 15 އެޕްރީލް 2025 ގެ ނިޔަލަށް އިތުރުކޮށްފި އެވެ.

މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސްގެ ރައީސް އަލީ ރައީފް ގާފު ސްޕޯޓްސްއަށް މައުލޫމާތު ދެއްވި ގޮތުގައި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު 15 އެޕްރީލް 2025 އަށް އިތުރުކޮށްފައިވަނީ މުބާރާތުގެ ޝެޑިއުލްއަށް ގެނެވުނު ބަދަލާއި ގުޅިގެންނެވެ.
ކުރިން މުބާރާތަ ބޭއްވުމަށް ތާވަލުކުރީ 1 މެއި 2025 އިން 3 މެއި 2025 އަށް ހުޅުމާލޭ ސިންތެޓިކް ޓްރެކުގައެވެ. ނަމަވެސް 2 މެއި 2025 ގައި ސާފް ޗެންޕިއަންޝިޕް އެތްލެޓިކްސް މުބާރާތް އިންޑިއާގައި ބޭއްވުމަށް ނިންމުމާއި ގުޅިގެން އެލްތެޓިކްސް އެސޯސިއޭޝަނާއި މަޝްވަރާކުރުމަށްފަހު މުބާރާތުގެ ތާރީޚް ބަދަލުކުރީ... އަދި މީހާރު މުބާރާތް ރީޝެޑިއުލް ކޮށްފައި ވަނީ 8 މެއި 2025 އިން 10 މެއި 2025 އަށް މާލޭ ކުޅިވަރު އެކުވެނީ ސިންތެޓިކް ޓްރެކުގައި ބެއްވުމަށެވެ.
ވޯލްޑް މާސްޓަރސް އެތްލެޓިކްސްގެ މިންގަނޑުތަކަށް ފެތޭގޮތައް ބާއްވާ މިމުބާރާތް މިއަހަރު ފަސް އުމުރުފުރައަކަށް ހުޅުވާލެވިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 35 އަހަރުން މަތި، 40 އަހަރުން މަތި، 45 އަހަރުން މަތި، 50 އަހަރުން މަތި އަދި 55 އަހަރުން މަތީގެ އުމުރުފުރައެވެ.
މީގެ އިތުރުން މިމުބާރާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓްތަކަކީ 100 މީޓަރު، 200 މީޓަރު، 1500 މީޓަރު، 5000 މީޓަރު، 10،000 މީޓަރު، 4×400 މީޓަރު (މިކްސް ރިލޭ)، 4×800 މީޓަރު (މިކްސް ރިލޭ)، ޝޮޓް ޕުޓް ތްރޯއިންގ، ޑިސްކަސް ތްރޯއިންގ އަދި ޖެވަލިންގ ތްރޯއިންގ އެވެ. އަދި މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެޓްލީޓުންނަށް ހުޅުވާލެވިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 31 މާރިޗް 2025 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
މުބާރާތުގައި ކޮންމެ އެތްލީޓަކަށް ވެސް ގިނަވެގެން ބައިވެރިވެވޭނީ އިންޑިވިޖުއަލް ތިން އިވެންޓް އަދި އެއް ރިލޭގައެވެ. އަދި މުބާރާތުގައި ވާދަކުރާ ކޮންމެ އިންޑިވިޖުއަލް އިވެންޓެއްގެ ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 200 ރުފިޔާ އަދި ޓީމު އިވެންޓަތަކުގެ ތެރެއިން ކޮންމެ ރިލޭއެއްގެ ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 400 ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މިމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މައުލޫމަތު ހޯއްދެވުމަށް، (7771197 / 7789957) އަށް ގުޅުއްވުމަށް މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސް އިން ވަނީ އެދިލައްވާފައެވެ.
ގުޅުންހުރި

ލެވޮންޑަސްކީގެ ދެލަނޑާއެކު ޖިރޯނާ ބަލިކޮށް ބާސެލޯނާ އިން ތިން ޕޮއިންޓަށް ލީޑު ފުޅާކޮށްފި
ޝީޝާ ޔުނިޓީ ފުޓަސަލް ޗެލެންޖު 2025 ގެ ޗެންޕިއަންކަން ރަސްގެދަރަ އިން ހޯދައިފި

އެމްބާޕޭގެ ދެލަނޑާއެކު ލެގަނޭސް އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް
.jpg&w=3840&q=75)