








--
ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.
އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.
1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީއިން ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ 26 ވަނަ ރެސިޕީއެއްގެ ގޮތުގައި މި ގެނެސްމިދެނީ ހަނީ ގްލޭޒްޑް ޗިކަން އެވެ.
ތައްޓެއްގައި މާމުއި، ސޯޔާ ސޯސް އަދި ހިކިމިރުސް ފްލޭކްސް އެެއްކޮށްލާށެވެ.
ތަވައެއްގައި ޒައިތޫނި ތެޔޮކޮޅު ހޫނުކޮށްލާށެވެ.
ދެން އޭގެތެރޭގައި ކުކުޅުކޮޅު އަޅާފައި ގާތްގަނޑަކަށް 5 ކައްކާލާށެވެ.
އެއަށްފަހު އޭގެތެރެއަށް ކުރިން އެއްކުރި މާމުއި މިކްޗަރ އަޅާލާށެވެ.
އިތުރު 5 މިނެޓު ވަނެދެން ހުރިހާ އެއްޗެއް އެއްކޮށް ކައްކާލާށެވެ.
މިހާރު މިހިރީ ހަނީ ގްލޭޒްޑް ޗިކަން ތައްޔާރުކޮށް ނިމިފައިއެވެ. މިއީ ބަތާއެއްކޮށްވެސް އަދި ރޮއްޓާއެއްކޮށްވެސް ކާލަން ވަރަށް މީރު ޑިޝްއަކަށްވާނެއެވެ.




