
ފަހަތުން އަރައި ދާލު ބުލޫސް ބަލިކޮށް ގޯޅިން ފައިނަލްގެ ފުރުސަތު ބޮޑުކޮށްފި
# ދިވެހި ކުޅިވަރު # ކުޑަހުވަދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް 2025ދާލު ބުލޫސް އާއި ގޮޅި ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ކުޑަހުވަދޫ ކައުންސިލް
މިހާރު ކުރިއަށްދާ ކުޑަހުވަދޫ ކައުންސިލް ވޯލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި ބުރާސްފަތި ދުވަހުގެ ރޭ ތިން ސެޓު އެއް ސެޓުން ދާލު ބުލޫސް ބަލިކޮށް ގޮޅިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

މުބާރާތުގައި ދާލު ބުލޫސް ކުޅުނު ފުރަތަމަ މެޗުގައި ޔޫބީއެމްއެލް ކުއީންސް އަތުން ފަސޭހަކަމާއެކު ސީދާ ތިން ސެޓުން މޮޅުވެފައިވާއިރު، މުބާރާތުގައި ގޮޅި ކުޅުނު ފުރަތަަމަ މެޗުގައި އެޓީމުން ވަނީ ސީދާ ތިން ސެޓުން ޓްރިޕަލް ވެއާ ބަލިކޮށްފައެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަަމަ ސެޓް 25-27 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ދާލު ބުލޫސް އިންނެވެ. ނަމަވެސް ޖެހިގެންއައި ދެ ސެޓް ކާމިޔާބުކޮށް ގޮޅިން މެޗުގެ ކޮންޓްރޯލް ހޯދިއެވެ.
އެގޮތުން މެޗުގެ ދެވަނަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 24-26 ގެ ނަތީޖާއަކުން ކާމިޔާބުކުރިއިރު، ތިންވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 23-25 ގެ ނަތީޖާއަކުންނެވެެ. އަދި މެޗުގެ ހަތަރުވަނަ ސެޓުގައި ގޮޅީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ 12 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 13-25 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޮޅި ޓީމުގެ ހައްވާ ރާޝިދާ އެވެ.
މިނަތީޖާއެކު ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ލީގުބުރުގެ އެއްވަނައިގައި ގޮޅި އޮތްއިރު މިމެޗުން ބަލިވި ދާލު ބުލޫސް ކުޅުނު ދެމެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ.
11 މާރިޗު 25 އިން 17 މާރިޗު 25 ގެ ނިޔަލަށް ކުރުއަށްދާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި މިއަހަރު ހަތަރު ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.
ގުޅުންހުރި

ވާދަވެރި ކުޅުމަކަށްފަހު ދާލު ބުލޫސް ބަލިކޮށް ޓްރިޕަލް ވެއާ ފައިނަލުން ޖާގަ ހޯދައިފި

ވާދަވެރި ކުޅުމަކަށްފަހު ކުލަބު އެސްސީ ބަލިކޮށް ވެމްކޯ ކުއާޓާ ފައިނަލުން ޖާގަހޯދައިފި

ކުޅުނު ތިން މެޗު ވެސް އެއްވަރުވެ ޖަންތާ ގަރާޖް މުބާރާތުން ކަޓައިފި
