logoEN
Sto top
 މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކުދީންނަށް އަމާޒުކޮށްގެން ޤުރުއާން މުބާރާތެއް ބާއްވައިފި

މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކުދީންނަށް އަމާޒުކޮށްގެން ޤުރުއާން މުބާރާތެއް ބާއްވައިފި

އަހުމަދު ޝުރާއު

logo

3/13/2025, 9:08:27 AM

# ރާއްޖެ - މެލޭޝިއާ

--

މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން އިޤްރައުލް ޤުރްއާން 1446 ނަމުގައި ޤުރުއާން މުބާރާތެއް ކުރިޔަށް ގެންގޮސްފި އެވެ.

Wamco

މިމަހުގެ 8 ވަނަ ދުވަހުގެ ހެނދުނު ހައިކޮމިޝަންގައި ކުރިޔަށް ގެންދިޔަ އިޤްރައުލް ޤުރްއާން މުބާރާތަކީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މެލޭޝިޔާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ކޮންމެ ރަމަޟާން މަހަކު މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކުދީންނަށް އަމާޒުކޮށްގެން ބާއްވަމުންއަންނަ މުބާރާތެކެވެ.

މި މުބާރާތުގައި އެކި އުމުރު ފުރާއިން ޖުމްލަ 32 ކުދީން ބައިވެރިވެފައިވެއެވެ.

މި މުބާރާތުގެ މަޤްސަދަކީ، މެލޭޝިޔާގައި ދިރިއުޅޭ ކުދީންގެ ހިތްތަކުގައި ކީރިތި ޤުރުއާނާ މެދު ލޯބި އުފައްދާ، ތަޖުވީދުމަގުން ޤުރުއާން ކިޔެވުމަށް ބާރުއަޅައި، ދިރިއުޅުމުގައި ޤުރުއާނުގެ މުހިންމުކަން އަންގައިދީ ހަނދާންކޮށްދިނުމެވެ.

މުބާރާތުގެ ބައިވެރިންނާއި އަދި ބެލެނިވެރިންނާ މުހާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުން މެލޭޝިޔާގައި ހުންނަވާ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު ދެއްކެވި ވާހަކަފުޅުގައި ކީރިތި ޤުރުއާން ކިޔެވުމުގެ މުހިންމުކަމާ ޤުރުއާން ކިޔެވުމުގެ ރޫހު އިތުރުކުރުމަށް މަސައްކަތްކުރުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

ސަފީރުގެ އިތުރުން، މި މުބާރާތުގައި، ފަލާޙް ޕްރީސްކޫލްގެ ޕްރިންސިޕަލް، އަލްޤާރީ އަލްހާފިޒު އަބްދުއްސައްތާރު އަބޫބަކުރު ކުދީންނާ މުޚާތަބްކުރައްވައި ރަނގަޅު ގޮތަށް، ތަޖުވީދު މަގުން ޤުރުއާން ކިޔެވުމުގެ މުހިންމު ކަމާބެހޭގޮތުން ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside