

.jpeg?w=3840&q=75)





އިސްރާއީލުގެ ނިރުބަވެރި ސިފައިންގެ ބަޑީގެ ހަމަލާތަކެއްގައި ޣައްޒާގެ ތިން މީހަކު ޝަހީދުވެއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޣައްޒާ ސިޓީގެ އިރުދެކުނުގެ އަވަށެއްގައި އިސްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައި ފަލަސްތީނުގެ ތިން މީހަކު ވަނީ ޝަހީދުކޮށްލާފައި އެވެ.
ޣައްޒާގެ މަދަނީ ދިފާއީ ވުޒާރާއިން ބުނާގޮތުގައި ޔަހޫދީން ބަޑީގެ ހަމަލާތަކެއް ދީފައިވަނީ ޒައިތޫން އަވަށުގައި އެވެ."އިރުމަތީ ސަރަޙައްދުތަކާއި އިސްރާއީލުގެ ބޯޑަރު އަސްކަރީ ތަންތަނަށް ނުދިއުމަށާއި ކަމާބެހޭ އިދާރާތަކުން އަންގާ އެންގުންތަކަށް ބޯލެނބުމަށް އިލްތިމާސްކުރަމެވެ،" ދިފާއީ މަދަނީ ދިފާއީން ވުޒާރާއިން މި ހަމަލާއާއި ގުޅިގެން ނެރުނު ބަޔާނުގައި ވިދާޅުވި އެވެ.
މިފަދަ ހަމަލާއެއް ދީފައިމިވަނީ ހަމާސްއާއި ނިރުބެރިން ކުރި 15 މަސް ދުވަސްވީ ދިގު ހަނގުރާމަ ހުއްޓާލައި ސުލްހައިގެ އެއްބަސްވުމަކަށް ދެފަރާތުންވެސް އަމަލުކުރަމުންދާ ދަނޑިވަޅެއްގައި އެވެ.
ޣައްޒާގައި ދެމުންދިޔަ ހަމަލާތައް ހުއްޓާލި ނަމަވެސް ހިފާފައިވާ ހުޅަނގު އައްސޭރީގެ ސަރަހައްދުތަކުގައި ޔަހޫދީންގެ ސަލާމަތީ ބާރުތަކުން ދަނީ ލާއިންސާނީ އެތައް އަމަލުތަކެއް މިހާރުވެސް ހިންގަމުންނެވެ.


.jpeg?w=3840&q=75)




