logoEN
PNC TOP 3
 ބެލްޖިއަމްގެ އައު ބޮޑުވަޒީރަށް ރައީސް މުއިއްޒުގެ ތަހުނިޔާ!

ބެލްޖިއަމްގެ އައު ބޮޑުވަޒީރަށް ރައީސް މުއިއްޒުގެ ތަހުނިޔާ!

އަހުމަދު ޝުރާއު

logo

2/4/2025, 3:21:57 PM

# ރައީސް މުއިއްޒު

--

ކިންގްޑަމް އޮފް ބެލްޖިއަމްގެ އައު ބޮޑު ވަޒީރު، ހިޒް އެކްސެލަންސީ ބާރޓް ޑެ ވޭވަރއަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

PNC MID 2

ބޮޑު ވަޒީރު ކަމުގެ މަޤާމުގެ ހުވައި ކުރެއްވުމާ ގުޅިގެން، ބެލްޖިއަމްގެ އައު ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ބޮޑުވަޒީރަށް ކާމިޔާބު ދައުރަކަށް އެދިވަޑައިގެން، ބެލްޖިއަމްގެ ރައްޔިތުންގެ އުންމީދުތައް ފުރިހަމަކޮށްދެއްވާނެ ކަމުގެ އިތުބާރާއި ޔަޤީންކަން އެބަ އޮތް ކަމުގައި ވިދާޅުވެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ރާއްޖެއާއި ބެލްޖިއަމާ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައިވެއެވެ. ދިވެހިރާއްޖެއާއި ބެލްޖިއަމާ ދެމެދުގައި އޮތް، ބައި ޤަރުނެއްހާ ދުވަސްވީ އެކުވެރި ގުޅުމަކީ، ދެފަރާތުގެ މެދުގައި އޮތް އިޙްތިރާމާއި، ހެޔޮ އެދުމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމުގައި ސިފަ ކުރައްވާފައިވެއެވެ.

އަދި ދެޤައުމުގެ މެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި، ދޭދޭ މަސްލަޙަތު ހިމެނޭ ބައިނަލްއަޤްވާމީ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަންވެސް ބެލްޖިއަމްގެ އައު ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC