
"ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ ފިރިހެން ޑިވިޝަން ޗެންޕިއަންކަށް އާރުޑީއެލް އިން ހޯދައިފި
# ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެލެންޖް 2025# ހޭންޑްބޯލް މޯލްޑިވްސް# ދިވެހި ކުޅިވަރުޖީބީ އާއި އާރުޑީއެލް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް/ ޝުރާއު
ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ ފިރިހެން ޑިވިޝަން ފައިނަލުގައި ޖީބީ ސްޕޯޓްސް ކުލަބާއި އާރުޑީއެލް ސްޕޯޓްސް ކުލަބު ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާރުޑީއެލް އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުން އާރުޑީއެލް ޖާގަހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި ސީދާ ދެ ސެޓުން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ބަލިކުރުމަށްފަހުއެވެ. އަދި ޖީބީ ސްޕޯޓްސް ކުލަބު މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ސީދާ ދެސެޓުން ފްލައިން އީގަލް ބަލިކުރުމަށްފަހު އެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ދެޕޮއިންޓްގެ ލީޑަކާއެކު 15-17 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އާރުޑީއެލް ސްޕޯޓްސް ކުލަބުންނެވެ. ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓް 17-18 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޖީބީ އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅެވުނު ޝޫޓްއައުޓް ސެޓް ތިން ލަނޑުގެ ލީޑަކާއެކު 5-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާރުޑީއެލް އިން ވަނީ މުބާރާތުގެ ޗެންޕިއަންކަން ހޯދާފައެވެ.
20 ޖެނުއަރީ 2025 އިން 25 ޖެނުއަރީ 2025 ނިޔަލަށް ކުރިއަށް ގެންދިޔަ މިމުބާރާތުގެ ފިރިހެން ޑިވިޝަނުގައި ނުވަ ޓީމަކުން ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި ނުވަ ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމުގެ އިތުރުން ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިން ވެސް އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުރުސަތު ލިބިފައެވެ.
މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް އަދި ތުޅާދޫ ޔަންގް އީގަލްސް ކުލަބު ހިމެނޭއިރު، ހައުސް އޮފް ޖެވެލް އަކީ މުބާރާތުގެ ސިލްވާ ސްޕޮންސަރ އެވެ. އަދި މީގެ އިތުރުން ޑިޖިޓަލް ޕާޓްނަރަކަށް ދީރާގު ހަމަޖައްސާފައިވާއިރު، ޕްރިންޓް ޕާޓްނަރަކީ އިންކްޑް މޯލްޑިވިސް އެވެ. އަދި ކިޓް ޕާޓްނަރަކަށް ކޫލް ޖާޒީ ހަމަޖައްސާފައިވާއިރު، ބޭވަރެޖް ޕާޓްނަރަކީ ޕްރައިމް ކެއަރ އެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ގާފު ސްޕޯޓްސް ހަމަޖައްސާފައިވާއިރު، ޓްރޮފީ ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އެވެ.
ގުޅުންހުރި

ނެޓްބޯޅަ: ތަފާތުބޮޑު ނަތީޖާއަކުން ކްއީންސް އަދި ޑައިމަންޑް މޮޅުވިއިރު، ޔުނިކޯންސް އާއި ފޯ ދަ ވައިބްސްގެ މެޗު އެއްވަރު

ނެޓްބޯޅަ: ވާދަވެރި ކުޅުމަކަށްފަހު އެޓޭކާސް އަދި ހައި ފްލަޔާސް މޮޅުވިއިރު، ޝޫޓާސްއަށް ފަސޭހަ މޮޅެއް
.jpg&w=3840&q=75)
ނެޓްބޯޅަ: އެލީޓް ސްޕާކްސް ފުރަތަމަ މެޗުން މޮޅުވި ނަމަވެސް ދެވަނަ މެޗުގައި ކުޅަބު ހުޅު އަތުން ބަލިވެއްޖެ

.gif&w=3840&q=75)



