logoEN
Sto top
ތިން ކައުންސިލަކަށް ފަޅުރަށް ދޫކުރަން ނިންމައިފި

ތިން ކައުންސިލަކަށް ފަޅުރަށް ދޫކުރަން ނިންމައިފި

އަހުމަދު ޝުރާއު

logo

1/16/2025, 7:33:59 AM

# ރައީސް މުއިއްޒު

--

ކައުންސިލްތަކަށް ފަޅުރަށްތައް ލިބޭގޮތަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި ސިޔާސަތުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅި ތިން ކައުންސިލަކަށް ފަޅުރަށް ދޫކުރުގެ މަސައްކަތް ފަށައިފި އެވެ.

Wamco

މިކަން ހާމަކުރައްވައި ސިޓީތަކާއި އިދާރީ ދާއިރާތަކާއި ބެހޭ މިނިސްްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ ކައުންސިލްތަކަށް ފަޅުރަށް ލިބޭ ގޮތަށް ރައީށް އިއުލާނުކުރެއްވި ސިޔާސަތުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅި ކައުންސިލްތަކަށް ފަޅު ރަށް ހަވާލުކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން ތިން ކައުންސިލަކަށް ފަޅު ރަށްތައް ހަވާލުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާއި ސިޓީތަކާއި ލޯކަލް ކައުންސިލްތަކާއި ބެހޭ މިނިސްޓްރީން ގުޅިގެން ކުރިޔަށްގެންދަމުންދާކަން މިނިސްޓަރު ހާމަކުރެއްވި އެވެ.

އެގޮތުން ރަށްތައް ދޫކުރަން ނިންމާފައިވާ ކައުންސިލްތަކަކީ

  1. ދ އަތޮޅު ކައުންސިލަށް - ދ މިނިމަސްގަލި އަދި ފެންފުށި
  2. ރ އިނގުރައިދޫ ކައުންސިލަށް - ރ ނެޔޮ
  3. ލ މާވަށް ކައުންސިލަށް - ލ ބޮޑުމާބުޅަލި

މިނިސްޓަރު ވިދާޅުވީ މިކަމާއި ގުޅޭ ރިޕޯޓު އަންނަ ހަފްތާގައި ރައީސް އޮފީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެވެލުއޭޝަން ކޮމެޓީގައި ހުރިހާ މެމްބަރުންނާށާއި އެމިނިސްޓްރީގެ ފަރާތުން ކޯނިޑޭޓު ކުރެއްިވ ބޭފުޅުންނަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައި އެވެ.

ރާއްޖޭގެ އެކި އަތޮޅުތަކުން 25 ފަޅުރަށެއް ކައުންސިލުތަކަށް ދޫކޮށްލަން ނިންމައި، އެ ފަޅުރަށްތައް ހޯދުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެގޮތުން އޭރު މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ކުރި އިއުލާނުގައި ވަނީ ކައުންސިލުތަކަށް މި ފަޅުރަށްތައް ދޫކުރަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދުގެ ދަށުން ކަމަށާއި އެ ރަށްތަކުގެ ތެރެއިން ކައުންސިލުތަކަށް ދޫކުރާނެ ރަށްތައް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

2023 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ އެ ގަވާއިދަކީ އިޖުތިމާއީ އެކި ބޭނުންތަކަށް ފަޅުރަށްތައް ކުއްޔަށް ދޫކުރެވޭ ގޮތަށް އެކުލަވާލާފައިވާ ގަވާއިދެކެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside