
--
ފާއިތުވި 15 މަސްދުވަހު ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށްހަމާސްއާއި އިސްރާއީލުން އެއްބަސްވުމަށް އައުމާއި ގުޅިގެން އެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

މިރޭ އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޣައްޒާގައި 15 މަސް ދުވަސް ވަންދެން ހިނގަމުން ދިޔަ ހަނގުރާމަ ނިމުމަކަށް ގެނެސް، މިއަދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް މަރުހަބާ ދަންނަވާ ކަމަށެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ މި އެއްބަސްވުމަށް މަގުފަހިކޮށްދެއްވި ހުރިހާ ގައުމަކަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ އެއްބަސްވުން ދެމެހެއްޓުމަށާއި ގެދޮރު ގެއްލިފައިވާ މީހުން އެނބުރި އެމީހުން ގެތަކަށް ދިއުމުގެ ފުރުސަތު ދިނުމުގައި އާއި އިންސާނީ އެހީތެރިކަން ހޯދުމުގެ ފުރުސަތު ދިނުމުގައި ބައިނަލްއަގްވާމީ މުޖުތަމައުން އެއްބާރުލުން ދިނުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ.
ފަލަސްޠީނަށް ބަދަލު ދިނުމަށް އިސްރާއީލަށް ގޮވާލައްވައި، އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނަށް ލިބުނު ގެއްލުންތަކަށްފަހު އަލުން އާރާސްތުކުރުމަށް ބޭނުންވާ އެހީތެރިކަން ބައިނަލްއަޤްވާމީ މުޖްތަމަޢުން ފޯރުކޮށްދިނުމަށްވެސް ރައީސް އެދިވަޑައިގެންނެވިއެވެ.
ގުޅުންހުރި

ވާހަކަދައްކާނީ ނަތީޖާއިން، ރައްޔިތުންގެ ގާތަށް ދަނީވެސް ނަތީޖާއާއެކު

ަރައީސްގެ ވައުދުފުޅާއި އެއްގޮތަށް ވައިކަރަދޫ ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށް ޚާއްޞަ ފެރީއެއް!

ޝާމިލުކަމުގެ ސަގާފަތެއް އުފެދިގެންދާނީ ހޭލުންތެރިކަމާއި، އޯގާތެރިކަން ޤާއިމުކޮށް، މާނަހުރި މަސައްކަތްތަކެއް ކޮށްގެން - ރައީސް

.gif&w=3840&q=75)



