
--
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ ޓާރްޓޫ ސިޓީއަށް މިއަދު ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން އެޤައުމުގެ ޓާރްޓޫ ސިޓީއަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރްޙަބާ ވިދާޅުވީ އެ ސިޓީގެ މޭޔަރ، މިސްޓަރ އަރްމަސް ކްލާސްއެވެ. ޓާރްޓޫ ސިޓީގެ މޭޔަރ، މިސްޓަރ އަރްމަސް ކްލާސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ޓައުން ހޯލް ސްކޮޔަރއަށް ޒިޔާރަތްކުރައްވައި، އެތަނުގެ ތާރީޚީ މުހިންމުކަމާ ބެހޭގޮތުން ވަރަށް އަގުހުރި މަޢުލޫމާތުތަކެއް ޙިއްސާކުރައްވާފައެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މެހެމާނުން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވާފައެވެ.
ޓާރްޓޫ ސިޓީއަކީ އެސްޓޯނިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީއެވެ. ޓާޓޫ ޓައުން ހޯލަކީ ވިޔަފާރީގެ އިތުރުން މީހުން އާބާދުވެފައިވާ މައިގަނޑު ސަރަޙައްދުވެސްމެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި ޔުނިވަރސިޓީ އޮފް ޓާރްޓޫއާއި، އެސްޓޯނިއަން ބަޔޯބޭންކާއި، އެސްޓޯނިއަން ނޭޝަނަލް މިއުޒިއަމް (އީ.އާރު.އެމް) އަށް ޒިޔާރަތްކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް، ޑޮކްޓަރ އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ގުޅުންހުރި

ރައީސް ދެކަނބަލުންގެ އީދު ސަލާންކުރުން މާދަމާ ހެނދުނު 9 އިން ފެށިގެން މުލިއާގޭގައި!

އީދުގެ ތަހުނިޔާ މެސެޖުގައިވެސް ރައީސް ދެއްވީ މުސްލިމުން ތަހައްމަލުކުރަމުންދާ ހުރިހައި ވޭނެއްގައި ދިވެހީން ބައިވެރިވާކަމުގެ ޔަގީންކަން!

އިސްލާމީ ދާއިރާއިން 14 ރަށެެއްގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

.gif&w=3840&q=75)



