
--
ކުށްމަދު އަމާން ވެއްޓެއް ގާއިމުކޮށް ރައްޔިތުންނަކީ ހޭލުންތެރި ބަޔަކަށް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގއ. ގެމަނަފުށީ ރައްޔިތުންނާ ބައްދަލުކޮށް ހިޔާލު ބަދަލުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަހު 8 ވަނަ ދުވަހު ގެމަނަފުށީގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރަށުގެ މަގުމަތިންނާއި އެކި ސަރަހައްދުތަކުން ރައްޔިތުންނާ ބައްދަލުކޮށް މުހިންމު ކަންކަމާ ގުޅޭގޮތުން ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވެއެވެ. އެގޮތުން، ކުށްތަކުން ރައްކާތެރިވުމަށް އަބަދުވެސް ހޭލުންތެރިވެ ތިބުމަށާއި އާންމުކޮށް ރަށުގައި ހިނގާ ކުށްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އަދި ސޯޝާލް މީޑިއާގެ އެޕްތަކުގައި ޓޫ ފެކްޓަރ އޯތަންޓިކޭޓަރ ހެދުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ. އަދި ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުންދެކޭ ގޮތާމެދު ހިޔާލުބަދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވާފައިވެއެވެ. މީގެއިތުރުންވެސް ވިޔަފާރީގެ މުއާމަލާތް ކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތްތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.
ގެމަނަފުށީ ޕޮލިސް ސްޓޭޝަނުން މި ހަރަކާތް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިފައިވެއެވެ. މި ހަރަކާތަކީ ރައްޔިތުންނާއި ފުލުހުންނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް މުޖުތަމައުގެ ރައްކާތެރިކަން އިތުރުކުރުމަށާއި ރައްޔިތުން އެދޭ ކޮންމެ ކަމެއްގައި އެންމެ ގާތުގައި ފުލުހުން ތިބޭނެކަން ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ގުޅުންހުރި

ގެމަނަފުށީ ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ދިނުުމުގެ ހަރަކާތެއް ފުލުހުން ކުރިއަށް ގެންގޮސްފި
.jpg&w=3840&q=75)
ގެމަނަފުށީ ކެފޭ ރެސްޓޯރަންޓުތަކަށް ޒިޔާރަތްކޮށް މައުލޫމާތުދިނުމުގެ ހަރަކާތެއް ފުލުހުން ކުރިއަށް ގެންގޮސްފި

ގެމަނަފުށީގައި ފުލުހުންގެ ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފި
