
ޣައްޒާގެ ރައްޔިތުންނަށް ހަމަލާދެމުންދިޔަ ޔަހޫދީންގެ ޓޭންކަރަކަށް ހަމާސްގެ ބޮޑު ހަމަލާއެއް: ޔަހޫދީ ސިފައިންތަކަށް ބޮޑެތި އަނިޔާތަކެއް!
# އިސްރާއިލް# ޣައްޒާޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށް ބޮޑެތި ހަމަލާތަކެއް ދެމުން ދިޔަ ނިރުބަވެރި އިޒްރޭލު އަސްކަރިއްޔާގެ ޓޭންކަރުތަކަށް ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން ވަރުގަދަ ހަމަލާއެއްދީ ޔަހޫދީ ސިފައިންތަކެއް ޒަހަމްކޮށްލައިފި އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން މިރޭ ބުނީ ޣައްޒާގެ އުތުރުގައި އިޒްރޭލު ސިފައިންގެ ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އެ ދެ ސިފައިންނަކީ އިސްރާއީލުގެ އަސްކަރިއްޔާގެ ފަސް އިންފެންޓްރީ ބްރިގޭޑްގެ ތެރޭގައި ހިމެނޭ ނަހަލް ބްރިގޭޑްގައި ހިމެނޭ ދެ ސިފައިން ކަމަށެވެ.
ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި ކަމަށްވާ ކަސާމް ބްރިގޭޑުން ބުނީ އެ ޖަމާއަތުގެ ހަނގުރާމަވެރިން ޣައްޒާގެ އުތުރުގައި ހުންނަ ޖަބާލިއާ ކޭމްޕުގެ ހުޅަނގުން އިޒްރޭލުގެ ދެ މަރްކާވާ ޓޭންކަށް އަމާޒުކޮށް ބޮމުގެ ހަމަލާތަކެއް ދީފައިވާ ކަމަށެވެ.
މިއީ ފާއިތުވި 5 ދުވަހުގެ ތެރޭގައި ހަމާސްއިން ޔަހޫދީ ސިފައިންނަށް އަމާޒުކޮށް ދިން އެންމެ ވަރުގަދަ ހަމަލާކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއިން މިހާތަނަށް 45,854 މީހުން ޝަހީދުވެފައިވާއިރު ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސްގެ ހަނގުރާމަވެރިންގެ ހަމަލާތަކުގައި މިހާތަނަށް 1,139 ޔަހޫދީން ވަނީ މަރާލާފައި އެވެ.
ގުޅުންހުރި

ގެދޮރު ގެއްލިފައި ތިބި ގިނަ ބަޔަކު ދިރިއުޅެމުންދިޔަ އިމާރާތަކަށް ބޮން އަޅައިފި: ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން!

މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން 85 މީހަކު ޝަހީދުކޮށްލައިފި

ޣައްޒާގެ ކެފޭއަކަށް ޔަހޫދީން ބޮން އަޅައި 15 މީހަކު ޝަހީދުކޮށްލައިފި: ޝަހީދުވި މީހުންގެ ތެރޭގައި ފޮޓޯޖާނަލިސްޓަކު ހިމެނޭ!
