




.jpg?w=3840&q=75)


.jpeg?w=3840&q=75)
--
ސަޢުދީ އަރަބިއްޔާއިން ކޮންމެ އަހަރަކު ރަމަޟާން މަހާއި ދިމާކޮށް ރާއްޖެއަށް ހަދިޔާކުރާ ކަދުރުގެ ތެރެއިން 50 ޓަނުގެ ކަދުރު ރާއްޖެއަށް ލިބިއްޖެ އެވެ.
މިކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ ޝަހީމް އަލީ ސައީދު އެވެ. އެގޮތުން ޝަހީމް ވިދާޅުވީ ސަޢޫދީއިން ކޮންމެ އަހަރަކު ރަމަޟާން މަހަށް ދެެއްވާ 50 ޓަނުގެ ކަދުރު މިނިސްޓްރީ އަށް މިހާރު ލިބިފައިވާ ކަމަށާއި ރޯދަ މަހުގެ ކުރިން ކަދުރު ބަހައި ނިންމާނެ ކަމަށެވެ.
އަދި މި ފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި އިފްޠާރު ޕްރޮގްރާމް ހިންގާ ޖަމިއްޔާތަކަށް ވެސް ކަދުރުން ބައެއް ދޭނެ ކަން ޝަހީމް ހާމަކުރެއްވި އެވެ.
ރޯދަމަހާ ދިމާކޮށް ސައުދީން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ކަދުރު ހަދިޔާކުރެ އެވެ.






.jpg?w=3840&q=75)
