
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންގެ އަގުވަޒަންކޮށްފި
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ--
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތަކީ ވުޒާރާގެ މުވައްޒަފުންގެ ބުރަ މަސައްކަތް ފާހަގަކޮށް، ވުޒާރާއަށް ގިނަ ދުވަހު މަސައްކަތް ކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތެކެވެ.
މި ރަސްމިއްޔާތުގައި މިއަހަރު އެންމެ ހާޒިރީ ރަނގަޅު މުވައްޒަފުންނަށް އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ދީފައިވާއިރު، ވުޒާރާއަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ދީފައިވެއެވެ. އެގޮތުން ވުޒާރާއަށް 15 އަހަރާއި، 20 އަހަރު އަދި 25 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ މުވައްޒަފުންނަށް ވަނީ ހަނދާނީ ފިލާ ދީފައެވެ.
މީގެ އިތުރުން ވުޒާރާއާއި ވުޒާރާގެ ދަށުން ހިނގަމުންދާ އިދާރާތަކުން އެންމެ ރަނގަޅު މުވައްޒަފުން ހޮވާ ހަނދާނީ ފިލާ ދީފައިވާއިރު، ވުޒާރާގެ ސެކްޝަންތަކުގެ ތެރެއިން އެންމެ ރަނގަޅު ސެކްޝަންތަކާއި މަހާސިންތާތަކުގެ ތެރެއިން އެންމެ ރަނގަޅު މަހާސިންތާތަކަށްވެސް ވަނީ ހަނދާނީ ފިލާ ދީފައެވެ.
މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިއަހަރުގެ ތެރޭގައި ވުޒާރާގެ އެކްޝަން ޕްލޭންގައި ޙާސިލްކުރަން ކަނޑައެޅި ކަންތައްތަކުގެ ތެރެއިން 98 އިންސައްތަ ޙާސިލްކުރެވިފައިވާކަމަށާއި، ވުޒާރާގެ ލަނޑުދަނޑިތައް ޙާސިލްކުރުމަށް ވުޒާރާގެ މުވައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ވުޒާރާގެ މުވައްޒަފުންގެ ފަރާތުން ވުޒާރާގެ އަމާޒުތައް ޙާސިލްކުރުމަށް ފުރިހަމަ އެއްބާރުލުން ލިބިލައްވާނެކަން ޔަޤީން ކުރާކަމަށް ވަޒީރު ވިދާޅުވިއެވެ.
ރޭ ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވުޒާރާއާއި، ވުޒާރާގެ ދަށުގައިވާ އިދާރާތަކުން ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައި އެވެ.
ގުޅުންހުރި

ޒުވާން ޚަޠީބުންގެ ތިންވަނަ ބުރުގެ ބައިވެރިންނާއި ވަޒީރު ޝަހީމް ބައްދަލުކުރައްވައިފި

މުދަލު ޒަކާތުގެ ގޮތުގައި 2852 ފަޤީރުންނަށް ބޮލަކަށް 5000 ރުފިޔާ ބަހައިފި

ކައުންސިލަރުންނަށް ޚާއްސަ ޚަޠީބުކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާއަށް ހަމަވާނެ!
