
ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 44,600 އަށްވުރެ މައްޗަށް އަރައިފި އެވެ.

ޣައްޒާ ސަރުކާރުން މިއަދު ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް ޣައްޒާއިން 44,612 މީހުން ވަނީ ޝަހީދުވެފައި އެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވަނީ 104,834 އަށް އަރާފައި އެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 48 މީހަކު ޝަހީދުކޮށްލާފައިވާއިރު 164 މީހުން ވަނީ ޒަހަމްކޮށްލާފައި އެވެ.
އދ އިން ބުނާގޮތުގައި ޣައްޒާއިން ޝަހީދުވި މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ.
ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކާއި އެކު ހަމަލާތައް ހުއްޓާލުމަށް ދުނިޔޭގެ އެކި ގައުމުތަކުން އިޒްރޭލަށް ގޮވާލަމުން އަންނަ އިރު ޔަހޫދީން އެކަމަށް ދެމުން އަންނަނީ ބީރު ކަންފަތެކެވެ. އަދި ދުވަހަކަށް ވުރެ ދުވަހެއް ހަަމަލާތައް ވަރުގަދަ ކުރަމުން އަންނައިރު މި ހަމަލާތަކަށް ހަތިޔާރި ފޯރުކޮށްދެމުން އަންނަނީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުންނެވެ.
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!

.gif&w=3840&q=75)



