
ޔަހޫދީ އިޒްރޭލުން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޢައްޒާގެ 120 މީހުން ޝަހީދުކޮށްލައިފި އެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން މިއަދު ބުނީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ޣައްޒާއަށް ދިން ވަރުގަދަ ހަމަލާތަކުގެ ތެރެއިން ޝަހީދުވި މީހުންގެ އަދަދު 120 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.
އަދި ހަމަލާތަކުގައި ޣައްޒާއިން 205 މީހަކު ޒަހަމްވެފައިވާކަންވެސް ވަނީ ހާމަކޮށްފައެވެ.
ޔަހޫދީން ފާައިތުވި ދެ ދުވަހު ޣައްޒާގެ ޖަބަލިއާ އަވަށަށް ބޮޑެތި ހަމަލާތަކެއް ވަނީ ދީފައި އެވެ. އޭގެ ތެރޭގައި ގެދޮރުގެއްލިފައިވާ އެތައް ބަޔަކު ބޯހިޔާވަހިކަން ހޯދަމުން ދިޔަ ރެފިއުޖީ ކޭމްޕުތައްވެސް ހިމެނެއެވެ.
މިވަގުތާއި ހަމައަށް ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 44,176 އަށް އަރާފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އދ އިން މީގެ ދެތިން ހަފްތާ ކުރިން ހާަމަކޮށްފައިވާގޮތުގައި ޣައްޒާއިން ޝަހީދުވި މީހުންގެ ތެރެއިން 70 އިންސައްތަ މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ.
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!

.gif&w=3840&q=75)



