ފަލަސްތީނުގެ މިނިވަންކަމަށް ހަނގުރާމަކުރަމުންދާ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން ނިރުބަވެރި އިޒްރޭލު އަސްކަރިއްޔާގެ 3 ސިފައިން މަރާލައިފި އެވެ.

ހަމާސްގެ ހަތިޔާރު އެޅި ގޮފި ކަމަށްވާ ކަސާމް ބްރިގޭޑުން މިއަދު ބުނީ އެ ޖަމާއަތުގެ ހަނގުރާމަވެރިން ޣައްޒާގެ އުތުރުގައި އިޒްރޭލު ސިފައިންނަށް ހަމަލާދީ ވަށާލާފައިވާ ބެއިތު ލަހިޔާ ކައިރީގައި ތިން ޔަހޫދީ ސިފައިން މަރާލާފައިވާ ކަމަށެވެ.
ކަސާމް ބްރިގޭޑުން ޓެލެގްރާމްގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޔަހޫދީ 3 ސިފައިން މަރާލީ ބެއިޓް ލަހިޔާ ސިޓީގެ އުތުރުން އޮންނަ އައްބާސް ކިލާނީ ރައުންޑްއަބައުޓްގެ ކައިރީގައި ވާ ޕޮއިންޓް ބްލޭންކް ރޭންޖުގައި ކަސާމް ހަނގުރާމަވެރިން ދިން ސީދާ އަމާޒު ހަމަލާތަކެއްގައި ކަމަށެވެ.
ބެއިތު ލަހިޔާ އަކީ ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ އާއި ބެއިޓް ހަނޫން ކައިރީގައި އޮންނަ ސިޓީއެކެވެ. މަހެއްހާ ދުވަސް ވަންދެން އިސްރާއީލުގެ އަސްކަރިއްޔާއިން އެ ސިޓީގައި ކޭމްޕު ޖަހައިގެން ތިބެ ހަނގުރާމަ ކުރަމުން ދިޔައިރު މިހާރު އެސިޓީ އޮތީ އެއްކޮށް ފުނޑުފުނޑުވެފައި އެވެ.
ކަސާމްއިން މިފަދަ ހަމަލާއެއް ދިންކަން ހާމަކުރި އިރު ހިޒްބުالله އިން ޔަހޫދީ ސިފައިންނަށް ދޭ ހަމަލާތައް ވަރުގަދަކޮށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޔަހޫދީ ސިފައިންގެ މީހަކު ދަނީ މަރާލަމުންނެވެ.
ގުޅުންހުރި

ޔަހޫދީން ޣައްޒާއަށް އަލުން ހަމަލާ ދޭން ފެށިތާ އަދި 12 ގަޑިއިރު ނުވޭ: މިހާތަނަށް 63 މީހަކު ޝަހީދުކޮށްލައިފި

ޔަހޫދީންގެ ހަމަލާތައް އަމާޒުކުރަމުންދަނީ ޣައްޒާގެ ރެފިއުޖީ ކޭމްޕުތަކަށް، އެމެރިކާ އޮތީ ހަނު!

ޔަހޫދީން އެއްބަސްވުމާއި ހިލާފުވެއްޖެ: ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ އެތައްބަޔަކު ޝަހީދުކޮށްލައިފި





