
ރައީސް މުއިއްޒުގެ މަރުހަބާ ޓަރަމްޕަށް: އުންމީދަކީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވުން!
# ރައީސް މުއިއްޒު--
އިއްޔެ އެމެރިކާގައި ކުރިޔަށް ދިޔަ ރިޔާސީ އިންތިޚާބުގައި ކުރި ހޯއްދަވައި، އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ އެ ޤައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ޓްރަމްޕަށް މަރުޙަބާ ވިދާޅުވެ ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާއާއި ރާއްޖެއަކީ ބަދަހި ގުޅުމެއް އޮންނަ ދެ ޤައުމު ކަމަށާއި، ދެ ޤައުމުގެ މި ގުޅުން ބިނާވެފައިވަނީ އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި ހެޔޮ އެދުމުގެ މައްޗަށްކަމަށެވެ.
އޭގެ އިތުރުން، ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ދެ ޤައުމު ގުޅިގެން ބައިނަލްއަޤުވާމީ ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތް ކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.
އިންތިހާބުގެ ރަސްމީ ނަތީޖާ އަދި މިހާތަނަށް އިއުލާނުކޮށްފައި ނުވި ނަމަވެސް ޕްރޮޖެކްޝަންތައް ދައްކާގޮތުންނާއި އެގްސިޓް ޕޯލްތަކުން މި އިންތިހާބު ޓްރަމްޕު ކާމިޔާބުުރެއްވިކަން ވަނީ ކަށަވަރުވެފައި އެވެ. މިއާއި އެކު މީގެ ގަޑިއިރެއްހާއިރު ކުރިން ޓްރަމްޕު ވަނީ އިންތިހާބު ކާމިޔާބުކުރެވުނު ކަން ރަސްމީކޮށް އިއުލާނުކުރައްވާފައި އެވެ.
ޓްރަމްޕަށް އިންތިހާބު ކާމިޔާބުކުރެވުނު ކަން ކަށަވަރުވެގެން ގޮސްފައިވަނީ އެމެރިކާގެ އިންތިހާބުތަކުގައި އެންމެ ބޮޑު ރޯލެއް އަދާކުރާ ޕެންސިލްވޭނިއާ، ނޯތު ކެރޮލައިނާ އަދި ޖޯޖިއާ ފަދަ މުހިންމުސްޓޭޓްތައް ކާމިޔާބު ކުރާނެ ކަމަށް ޕްރޮޖެކްޝަންތައް ދެއްކުމާއި އެކުގައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އިންތިހާބުގައި ޓްރަމްޕަށް 51 އިންސައްތަ ކާމިޔާބުކުރެވުނުކަން މިހާރު ވަނީ ޔަގީން ވެފައި އެވެ.
އިންތިހާބުގައި ޓްރަމްޕާއި ވާދަކުރީ އެގައުމުގެ މިހާރުގެ ނައިބު ރައީސް އަދި ޑިމޮކްރެޓިކްގެ ކެނޑިޑޭޓު ކަމަލާ ހެރިސްއާއި އެވެ. އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުގައި މިހާތަނަށް އައިއިރު، ޓްރަމްޕަށް ވަނީ 267 އިލެކްޓޯރަލް ވޯޓު ހޯދައިފައެވެ. ކަމަލާއަށް ލިބުނީ 214 އިލެކްޓޯރަލް ވޯޓެވެ. ޓްރަމްޕް ވަނީ މިހާތަނަށް އައިއިރު، 68 މިލިއަން ވޯޓު ހޯދައިފައެވެ. ކަމަލާ އަށް ލިބުނީ 63 މިލިއަން ވޯޓެވެ.
ގުޅުންހުރި

އަންނަ މަސް ނިމުމުގެ ކުރިން ބ އަތޮޅުގަައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށޭނެ - ރައީސް

ދުޅަހެޔޮ، ރައްކާތެރި މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ - ރައީސް

ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ރައީސް ތަހުނިޔާ ފޮނުއްވައިފި
.jpeg&w=3840&q=75)