logoEN
Sto top
އަންނަ އަހަރުގެ ބަޖެޓަކީ ރާއްޖޭގެ ތާރީހުގައި އެންމެ ފުޅާމިނެއްގައި ގެދޮރިވެރިކަމަށް ފަހިކޮށްދޭ ބަޖެޓް - ރައީސް

އަންނަ އަހަރުގެ ބަޖެޓަކީ ރާއްޖޭގެ ތާރީހުގައި އެންމެ ފުޅާމިނެއްގައި ގެދޮރިވެރިކަމަށް ފަހިކޮށްދޭ ބަޖެޓް - ރައީސް

އަލްފާ އަލީ

logo

10/31/2024, 8:10:01 AM

# ރައީސް މުއިއްޒު

-

މިއަދު ރައްޔިތުންގެ މަޖިލީހުގައި ހުށަހެޅިގެންދާ ދައުލަތުގެ ބަޖެޓަކީ، ދިވެހިރާއްޖޭގެ ތާރީޚުގެ އެންމެ ފުޅާ މިނެއްގައި ގެދޮރުވެރިކަމަށް މަގުފަހިކޮށްދޭ ބަޖެޓް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Wamco

އެމަނިކުފާނު މިހެން ވިދާޅުވީ, ދަރުބާރުގޭގައި މިއަދު ހެނދުނު ކުރިއަށް ދިޔަ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރައްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ, އަންނަ އަހަރުގެ ބަޖެޓްގައި ގެދޮރުވެރިކަމަށް 2.5 ބިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށެވެ. އެގޮތުން އަލަށް ފަށާ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގެ ގޮތުގައި އެކަނިވެސް 1.5 ބިލިޔަން ރުފިޔާ ހިމަނާފައިވާއިރު, %5 އިންޓްރެސްޓްގައި ދޫކުރާ ހައުސިންގ ލޯނަށްވެސް 1 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ނޮވެމްބަރު ކުރީކޮޅު އަޅުގަނޑު ވަޢުދުވީ ފަދައިން %5 އިންޓްރެސްޓްގައި ދޫކުރާ ލޯނަށް ހުޅުވާލެވޭނެ. އެލޯނަށް ބޭނުންވާ 1 ބިލިޔަން ރުފިޔާވެސް މި އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭނެ." - ރައީސް ވިދާޅުވި އެވެ

311 ދަސްވެނިންނަށް ސަނަދު ހަވާލުކުރެވުނު މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ، ޤައުމީ ވިސްނުމުގައި ބައިވެރިވުމަށް އެދިވަޑައިގެންފައެވެ. އަދި މުހިންމީ އަމިއްލަ ސިކުނޑިން ވިސްނައިގެން ވަމުންދާ ގޮތް ދެނެގަތުން ކަމަށާއި، އެ މޭރުމުން ކަންކުރުމުން، ޙަޤީޤަތް ސާފުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި ޑޮކްޓަރީ ރޮނގުން ފުރަތަމަ ޑިގްރީ ފުރިހަމަކުރި ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވާފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންއިން، ފަސްޓް ޑިގްރީ އިން ޑޮކްޓަރ އޮފް މެޑިސިން ފުރިހަމަ ކުރި 21 ދަސްވެނިން ވަނީ ސަނަދު ހާސިލުކޮށްފައެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ކުރިއަށް ގެންދިޔަ އެކި ކޯސްތަކުން ޝަރަފުގެ އެވޯޑް ހާސިލުކުރި ދަރިވަރުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޚާއްޞަ އިނާމާއި ސެޓްފިކެޓް ޙަވާލުކޮށްދެއްވާފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި އިތުރުކޮށް، ޢިލްމީ ދިރާސާގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް ކަނޑައެޅިގެން ދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވާ ކަމެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside