logoEN
Sto top

އީގަލްސް އާއި ހިޔާ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: މާއު ގްރަފީ

މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ހަޔެއްގައި ހިޔާ އަދި އީގަލްސް ވާދަކުރި މެޗު ފަސޭހަކަމާއެކު 25-8 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ހިޔާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

Wamco

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ހިޔާ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 10 ލަނޑުގެ ލީޑަކާއެކު 12-2 ގެ ނަތީޖާއަކުން ހިޔާ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 13 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އީގަލްސްއަށް ކާމިޔާބުކުރެވުނީ އެންމެ ތިން ލަނޑެވެ.

އެގޮތުން މިމެޗުގައި ހިޔާގެ ފާތިމަތު އަހުމަދު ހަތް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ މަރިޔަމް ޝަރީފާ ހުސެއިން ވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން ފާތިމަތު ނިހާޔަތު އަދި މަރިޔަމް އަރީސާ މިއިން ކޮންމެ ކުޅުންތެރިއަކު ހަތަރު ލަނޑު ކާމިޔާބިކުރިއިރު އެޓީމުގެ އައިޝަތު ލައިޒާ ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ ޚަދީޖާ ޔުމްނާ، މަރިޔަމް ރީޝާ އަދި އާމިނަތު ލީނާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި އީގަލްސްގެސުމައްޔާ ބިންތު އަބްދުލް ހަމީދު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އާމިނަތު މިންހަތު، ހައްވާ ޝާއިގާ، އުމައިމާ ވަހީދު އަދި ފާތިމަތު ރީމް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިޔާގެ މަރިޔަމް ޝަރީފާ ހުސެއިން އެވެ.

މިއަހަރުގެ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 26 ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 26 ޓީމު ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމުގެ އިތުރުން ،ހަ ގުރޫޕްގެ ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside