
ލަޔަންސް އަތުން ފެސާއަށް އުދަނގޫ މޮޅެއް
# ގައުމީ ހޭންޑްބޯޅަ މުބާރާތް 2024# ހޭންޑްބޯލް މޯލްޑިވްސް# ދިވެހި ކުޅިވަރުލަޔަންސް އާއި ފެސާ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: މާއު ގުރަފީ
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ފަހެއްގައި ފެސާ އާއި ލަޔަންސް ކުލުން މެޗު ވާދަވެރި ކުޅުމަކަށްފަހު 8-7 ގެ ނަތީޖާއަކުން ފެސާ ކާމިޔާބުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-3 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ފެސާ އިން އިތުރު ފަސް ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ލަޔަންސް އިން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ފެސާގެ އައިމިނަތު ހަނާ ހަތަރު ލަނޑު ކާމިޔާބުކުރިއިރު, މަރިޔަމް ކަރަމް ސައީދު, އައިޝަތު ޔޫހާ ނައީމް, އައިޝަތު މަލަކް އަލީ, އައިޝަތު މަޒްޔޫނާ މަމްދޫހު މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ އެއް ލަނޑު ކާމިޔާބުކޮށްދީފައެވެ.
މީގެ އިތުރުން މިމެޗުގައި ލަޔަންސްގެ އައިޝަތު ޝިއުނާ ނަސީރު ފަސް ލަނޑު ކާމިޔާބުކޮށްދިން އިރު ލަނާ ހުސައިން ސަލާހް, މިލްހާ މުފީދު މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ އެއް ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނި ފެސާގެ އިލީ ބާގިރުއެވެ.
މިއަހަރުގެ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 26 ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 26 ޓީމު ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމުގެ އިތުރުން ،ހަ ގުރޫޕްގެ ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.
ގުޅުންހުރި

ނޯތު މާލޭ ލީގު: ފަސޭހަކަމާއެކު ފަރި އައިލެންޑްސް ބަލިކޮށް ކުޑަ ހުރާ އިން ފެށުން ރަނގަޅުކޮށްފި

ފަސޭހަކަމާއެކު އެޗްޑީސީ ބަލިކޮށް ޑީއެސްސީ އިން ޤައުމީ މުބާރާތް މިލްކުކޮށްފި

ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތްގެ ފިރިހެން ޑިވިޝަން ޗެންޕިއަންކަން އޮޑި އެސްސީ އިން ހޯދައިފި
