
މަސްވެރިންނަށް ނުދެވި ހުރި ފައިސާ ހަވާލުކުރުމަށް މިފްކޯއާ ހަވާލުކޮށްފިން - ރައީސް
# ރައީސް މުއިއްޒު# މަސްވެރިންރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --
މަސްވެރިންނަށް ނުދެވި ހުރި ފައިސާ ހަވާލުކުރުމަށް މިފްކޯއާ ހަވާލުކޮށްފައިވާ ކަމަސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެކްސްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ, މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ޖުމުލަ އަދަދު އެ ފަރާތްތަކަށް ރަށްދުކުރުމަށް މިފްކޯއާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ, މެނިފެސްޓޯގައިވާ ފަދައިން 48 ގަޑި އިރު ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދެވޭނޭ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މިހާރު މަސްވެރިންނަށް ނުދެއްކި ބާކީ ހުރީ 16 މިލިއަން ރުފިޔާ ކަމަށެވެ. އަދި މާދަމާގެ ނިޔަލަށް އެފައިސާ މަސްވެރިންނަށް ދޫކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ގުޅުންހުރި
ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

އެއްވެސް ގައުމަކަށް ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން ފުރުސަތު ނުދެން، ދެންވެސް ނުދޭނަން!

މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން 89 މަސްވެރިއަކަށް ލޯނު ދޫކޮށްފި

.gif&w=3840&q=75)



