logoEN
cocacola
އިރާނުގެ ވަރުގަދަ އިންޒާރެއް އެމެރިކާއަށް!

އިރާނުގެ ވަރުގަދަ އިންޒާރެއް އެމެރިކާއަށް!

އަހުމަދު ޝުރާއު

logo

10/15/2024, 2:07:53 PM

# އިރާން

އިޒްރޭލުން އިރާނަށް ހަމަލާދިނުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި އެމެރިކާއިން އިރާނަށް ދޭ ހަމަލާއަކަށް އިޒްރޭލަށް އެހީވެއްޖެ ނަމަ އެކަމުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު އިރާނުން އެމެރިކާއަށް ދީފި އެވެ.

ގޮސިޔާ

އިރާނުގެ އަސްކަރިއްޔާ, އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ޗީފް ކޮމާންޑަރުގެ އެޑްވައިޒަރެއް ކަމަށްވާ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ޖަބްބަރީ ވިދާޅުވީ އީރާނަށް ހަމަލާދިނުމަށް އިޒްރޭލަށް އެމެރިކާގެ އަސްކަރީ އެހީތެރިކަމެއް ލިބިއްޖެ ނަމަ ބަދަލު ހިފުމުގައި އެމެރިކާއަށްވެސް އެކަމުގެ އަސަރު ކުރާނެ ކަމަށެވެ.

އީރާނުގެ ޕްރެސް ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޖައްބަރީ ވިދާޅުވީ ހަނގުރާމައިގެ މައިދާނަށް ވަދެ އީރާނާން ހަމަލާދޭން އެމެރިކާ އެހީވެއްޖެ ނަމަ އެމީހުންގެ ބޭސްތަކާއި މަސްލަހަތުތަކާއި އުޅަނދުތައް އޮންނާނީ އިރާނުގެ ހަމަލާއެއްްގެ އަމާޒުގެ ތެރޭގައި ކަން އެމެރިކާއަށް އެނގެން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމެރިކާ އަކީ "އަޅުގަނޑުމެންނާ ކުރިމަތިލާން އެއްވެސް ވަރަކަށް ތައްޔާރަށް އޮތް ގައުމެއް ނޫން ކަމަށާއި، ދެކޮޅުވެރިކަމުގެ އެކްސިސް އާއި މުސްލިމް ދުނިޔެއާ ކުރިމަތިލާން ވެސް އެމެރިކާ އޮތީ އެއްގޮތަކަށް ވެސް ތައްޔާރަށް ނޫން" ކަމަށެވެ. އެހެން ކަމުން އެފަދަ މޮޔަ އަމަލެއްގައި އެމެރިކާ އިން ބައިވެރިވާނެ ކަމަށް ނުބެލެވޭ ކަމަށް ޖަބްބަރީ ވިދާޅުވި އެވެ.

އިރާނުން މިދިޔަ އޭޕްރިލް މަހާއި މިމަހުގެ ކުރީ ކޮޅު އިޒްރޭލަށް ދިން ވަރުގަދަ ހަމަލާތަކާއި ގުޅިގެން އެކަމުގެ ބަދަލު ހިފުމަށް އިޒްރޭލުން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އަދި އެކަމަށް އެމެރިކާއިން އެހީވަމުންދާކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެކަން އެމެރިކާއިން ދޮގު ކުރެއެވެ. އެމެރިކާއިން ބުނާގޮތުގައި އިޒްރޭލަށް އެގައުމުން އެހީވަމުންދަނީ އިޒްރޭލުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ