logoEN
cocacola
އެމްޑަބުލިޔުއެސްސީ ބަލިކޮށް ވެމްކޯ އިން ސެމީ ކަށަވަރުކޮށްފި

އެމްޑަބުލިޔުއެސްސީ ބަލިކޮށް ވެމްކޯ އިން ސެމީ ކަށަވަރުކޮށްފި

ހަސަން ޝަމްއޫން

logo

9/2/2024, 5:30:47 PM

# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސް# އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތް 2024

އެމްޑަބުލިޔުއެސްސީ އާއި ވެމްކޯ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން

8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަންގައި މިރޭ އެމްޑަބުލިޔުއެސްސީ އާއި ވެމްކޯ ވާދަކުރި މެޗު ފަސޭހަކަމާއެކު 41-08 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ވެމްކޯ އިން ސެމީގެ ގާޖައެއް ކަށަވަރުކޮށްފިއެވެ.

ގޮސިޔާ

މުބާރާތުގައި ވެމްކޯ ކުޅުނު ފުރަތަމަ މެޗުގައި 20-26 ގެ ނަތީޖާއަކުން އެމްޕީއެލް އަތުން އެޓީމު ބަލިވިއިރު، ދެވަނަ މެޗުގައި އިމިގްރޭޝަން އަތުން އެޓީމު ބަލިވީ 32-26 ގެ ނަތީޖާއަކުންނެވެ. ނަމަވެސް ތިންވަނަ މެޗުގައި އެޓީމުން ވަނި 23-36 ގެ ނަތީޖާއަކުން ފިނޭންސް ބަލިކޮށްފައެވެ.

މުބާރާތުގައި އެމްޑަބުލިޔުއެސްސީ ކުޅުނު ފުރަތަމަ ތިން މެޗުން ވެސް އެޓީމު ބަލިވެފައިވާއިރު، ފުރަތަމަ މެޗުގައި 39-07 ގެ ނަތީޖާއަކުން ފިނޭންސް އަތުން ބަލިވިއިރު، ދެވަނަ މެޗުގައި އެމްޕީއެލް އަތުން ބަލިވީ 08-48 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި އެޓީމުގެ ތިންވަނަ މެޗުގައި ސީއާރުސީ އަތުން ބަލިވީ 36-05 ގެ ބޮޑު ތަފާތަކުންނެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ވެމްކޯ އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 16 ލަނޑުގެ ލީޑަކާއެކު 20-04 ގެ ތަފާތުބޮޑު ނަތީޖާއަކުން ވެމްކޯ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓިމުން އިތުރު 21 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އެމްޑަބުލިޔުއެސްސީއަށް ކާމިޔާބުކުރެވުނީ އެންމެ ހަތަރު ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ފާތުމަތު ޖުނާ އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް 11 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިނަތީޖާއެކު ކުޅުނު ހަތަރު މެޗުން ވެމްކޯއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި އެމްޑަބުލިޔުއެސްސީ ކުޅުނު ހަތަރު މެޗުން ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ފުލުގައެވެ.

މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަނުގައި ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެތެރޭގައި ހިމެނެނީ އެމްޑަބުލިޔުއެސްސީ، ވެމްކޯ، އެމްޕީއެލް، މޯލްޑިވްސް ކަސްޓަމްސް، މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް ފިނޭންސް އެވެ.

މީގެ އިތުރުން މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ