
މުޅި އިންސާނިއްޔަތު ހަލާކުން މިންޖުކޮށްދީ، ޝަރަފުވެރިކަމުގެ އެންމެ އުހަށް ފޯރުކޮށްދިނީ އިސްލާމް ދީން - ހުތުބާ
# ހުތުބާ-
މުޅި އިންސާނިއްޔަތު ހަލާކުން މިންޖުކޮށްދީ، ޝަރަފުވެރިކަމުގެ އެންމެ އުހަށް ފޯރުކޮށްދިނީ އިސްލާމްދީން ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުތުބާ ހާއްސަ ކޮށްފައިވާ މައުޟޫއަކީ, "ދީނަށް ޓަކައި ޚިދުމަތްކުރުން" އެވެ.
ހުތުބާގައި ބުނެފައިވަނީ ދީނަށް ޚިދުމަތްކުރުމަކީ، ބާއްޖަވެރިކަމުގެ އަސާސްކަމަށާއި، އެއީ ޙާޖަތްތައް ފުއްދާދީ، މޮޅިވެރިކަން ފިލުވާލަދޭ ޢަމަލެެއްކަމަށެވެ.
"ދީނަށް ތަބަޢަވެގެން މެނުވީ ނަޖާވާނެ މަގެއް، މުކައްލަފަކަށް ނުވެއެވެ. މި ދީނަށް އީމާންވެއްޖެ މީހާއަށް ތެދުމަގު ލިބި، ކާމިޔާބުވެއްޖެއެވެ. މި ދީން ދޫކޮށް، އެހެން ދީނެއް ހިފައިފި މީހާގެ ކިބައިން الله تَعَالَى ފަރްޟެއް، ސުންނަތެއް އަދި އެހެން ވެސް ޢަމަލެއް ޤަބޫލެއް ނުކުރައްވާނެއެވެ." - ހުތުބާ
އިސްލާމްދީނަކީ މި އުންމަތުގެ ފަހުރުކަމަށް ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ އިސްލާމްދީނުގެ ޝަރީޢަތުން ޢިއްޒަތްލިބި، މުސްލިމުންގެ ސަފުތައް ބަދަހިވެ، ހިތްތައް އެކުވެރިކުރައްވާފައިވާ ކަމަށެވެ.
ހުތުބާގައި ބުނެފައި ވަނީ އިސްލާމް ދީނަކީ, ޙަޔާތުގެ ހުރިހައި ފަޅިފަޅިއަކަށް އިންސާފުކޮށްދޭ ދީން ކަމަށެވެ. ޢަޤީދާއާއި، އަޅުކަމާއި، ޢާއިލީ ގުޅުންތަކާއި، މުޢާމަލާތާއި، ޙުދޫދާއި ކުށްތައް ހިމެނޭހެން، ވެރިންނާއި ރައްޔިތުންގެ އިންތަކާއި ގުޅުންތައް ހުންނާންވީ ގޮތް ވެސް ބަޔާންކޮށްދެނީ އިސްލާމް ދީން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
އިސްލާމް ދީން އިއްޔެ، ބިނާކުރި އުންމަތަކީ، އޭގެ ކުރީން ނިކަމެތި ބަލިކަށި ބަޔެއް ނަމަވެސް އޭގެފަހުން ﷲގެ ފަޟްލުވަންތަވެރިކަމުން މި އުންމަތް ވީ އެންމެ މާތް އުންމަތައް ކަމަށެވެ. އިސްލާމްދީން ވެގެންދިޔައީ މަގުގެއްލިފައިވާ މީހުންނަށް ހުރި މަގުބައްތިއަކަށެވެ. އަހަރެމެންގެ މަންހަޖަކީ އިސްލާމް ދީންކަމުގައި ހަދައިފި ނަމަ، ނަންހުރި މޮޅު ބަޔަކު ތަރުބިޔަތު ކުރެވޭނެ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ. އަދި ސުވަރުގެ ލިބުމަށް ޓަކައި، ޝަހީދުވާން ކެރޭ ޖީލެއް ބިނާކުރެވޭނެ ކަމަށް ބުނެފައިވެއެވެ. އަދި އެ މައިދާނުން ޝަހީދުނުވެ އެނބުރި ގެއަށް ރުޖޫއަވެވިއްޖެ ނަމަ އެއީ ޝަރަފުވެރިކަމާ އެކު ގެދޮރު ޙިމާޔަތްކުރާނޭ ބަޔެއްގެ ގޮތުގައެވެ.
ﷲއަށް ކިޔަމަންގަތުމުގައި، އަހުރެމެންގެ ކިބައިގައި ހުރި ފަރުވާކުޑަކަމާއި، ކުރެވޭ ކުށްތަކަކީ ދީނަށް ޚިދުމަތްކުރުމަށް ހުރި ޢުޛުރެއް ނޫން ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
ގުޅުންހުރި
.webp&w=3840&q=75)
އިސްލާމީ މުޖުތަމަޢެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑު - ހުތުބާ

މަސައްކަތުގައި މަކަރުހަދައި، ފަރުވާކުޑަކޮށް، އިހުމާލުވެއްޖެނަމަ، މަސައްކަތުގެ ބަރަކާތް ކެނޑިދާނެ - ހުތުބާ

ކީރިތި ޤުރްއާނުގެ އަޚުލާޤުން ޒީނަތްތެރިވުމަކީ ގިނަގުނަ ދަރުމައާއި ޘަވާބު ލިބޭނެ ކަމެއް - ހުތުބާ
