logoEN
cocacola
އޭއެމްއެސްއޭ ޑްރެގް ރޭސް ކާމިޔާބުކަމާއެކު ނިންމާލައިފި

އޭއެމްއެސްއޭ ޑްރެގް ރޭސް ކާމިޔާބުކަމާއެކު ނިންމާލައިފި

ހަސަން ޝަމްއޫން

logo

8/4/2024, 8:23:39 AM

# ދިވެހި ކުޅިވަރު # އައްޑޫ މޮޓޯސްޕޯޓްސް އެސޯސުއޭޝަން

އެންމެނެގެ ޑްރެގް ރޭސް 2024 ގެ ބައިވެރިން .. ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން

އައްޑޫ މޮޓޯސްޕޯޓްސް އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން އައްޑޫ ސިޓީގައި ބޭއްވި އެންމެނެގެ ޑްރެގް ރޭސް 2024 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ގޮސިޔާ

3 އޮގަސްޓް 2024 ވަނަ ދުވަހު އައްޑޫ ސިޓީ ހުޅުދޫ ޗެނަލް ރޯޑުގައި ބޭއްވުނު މިއިވެންޓުގައި އައްޑޫގެ އިތުރުން މާލެ، ފުވައްމުލައް އަދި ތިނަދޫ އިން ޓީމުތައް ބައިވެރިވެފައިވާއިރު، މިއިވެންޓް ކުރިއަށް ގެންގޮސްފައިވަނީ ފަސް ކެޓަގެރީއަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ އޮޓޯ 160، ޓީއެސް 135، ޓީއެސް 150، ޓީއެސް އޯޕަން އަދި ޕްރޯ ޑްރެގް އޯޕަން ކެޓަގެރީ އެވެ.

އެގޮތުން ޓީއެސް 135 ގެ އެއްވަނަ ތާލިބް ނަސީމް (އައްޑޫ ސްޓަންޓް ރައިޑާސް) ހޯދިއިރު، މިއިވެންޓުން ދެވަނަ ހޯދީ ތަމީހު ލަތީފް (ސްޓޯމް ފޯސް ސިންޑިކޭޓް)އެވެ. އަދި ޓީއެސް 150 ގެ އެއްވަނަ އަހުމަދު ވިއާމް (އެސްޕީ ރޭސިން) ހޯދިއިރު، މިއިވެންޓުން ދެވަނަ ހޯދީ އަބުދުالله އަބްދުލް ޚަކީމް (އެސްޕީ ރޭސިން) އެވެ.

ޓީއެސް އޯޕަން ކެޓަގަރީގެ އެއްވަނަ ލާމިއު އަލީ (މައިލޯ ސިޓީ ސްޕޯޓްސް ކްލަބް) ހޯދިއިރު، މިއިވެންޓުން ދެވަނަ ހޯދީ އަބުދުالله އަބްދުލް ޚަކީމް (އެސްޕީ ރޭސިން) އެވެ. އަދި އޮޓޯ 160 ގެ އެއްވަނަ އަބްދުالله އައިޝަރު ޝަރީފް (ސްޓޯމް ފޯސް ސިންޑިކޭޓް) ހޯދިއިރު، މިއިވެންޓުން ދެވަނަ ހޯދީ އިއުތިސާމް މުހައްމަދު (ލޯންސް މޮޓޯސްޕޯޓްސް ކްލަބް) އެވެ.

މީގެ އިތުރުން ޕްރޯ ޑްރެގް އޯޕަން ކެޓަގެރީގެ އެއްވަނަ އަބުދުالله އަބްދުލް ޚަކީމް (އެސްޕީ ރޭސިން) ހޯދިއިރު، މިއިވެންޓުން ދެވަނަ ހޯދީ ހަސަން ނުހާދު އާދަމް (ހުވަދޫ މޮޓޯ ސްޕޯޓްސް) އެވެ.

އައްޑޫ މޮޓޯސްޕޯޓްސް އެސޯސިއޭޝަންގެ ފަރާތުން މިފަދަ އިވެންޓެއް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ސިޓީގައި މޮޓޯސްޕޯޓްސް ކުރިއަރުވައި އާލާކުރުމުގެ އިތުރުން ރޭސިންއަށް ލޯބިކުރަށްވާ ފަރާތްތަކަށް އެފަރާތްރަކުގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން އެކުވެރި މާހައުލެއްގައި ރޭސިން ފެމެލީ އެއްތަންވެ ވަގުތު ހޭދަކޮއްލަން ފުރުސަތު ހޯދައިދިނުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ