logoEN
cocacola
ބީޗު ހޭންޑްބޯޅަ 2024: އޭއެލްޓީ ބަލިކޮށް ކުޑަހުވަދޫ ސްޕޯޓްސް އެކަޑަމީން ފައިނަލުގެ އުންމީދު ދަމަހައްޓައިފި

ބީޗު ހޭންޑްބޯޅަ 2024: އޭއެލްޓީ ބަލިކޮށް ކުޑަހުވަދޫ ސްޕޯޓްސް އެކަޑަމީން ފައިނަލުގެ އުންމީދު ދަމަހައްޓައިފި

ހަސަން ޝަމްއޫން

logo

8/2/2024, 8:46:43 PM

# ދިވެހި ކުޅިވަރު # ބީޗު ހޭންޑްބޯޅަ ޓޯނަމެންޓް # ހޭންޑްބޯލް މޯލްޑިވްސް

އޭއެލްޓީ އާއި ކުޑަހުވަދޫ ސްޕޯޓްސް އެކަޑަމީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ހޭންޑްބޯޅަ ނޭޝަން

ކުޑަހުވަދޫގައި މިހާރު ކުރިއަށްދާ "ދެވަނަ ބީޗުމާޓް ބީޗު ހޭންޑްބޯޅަ މުބާރާތް 2024" ގެ އަންހެން ޑިވިޝަންގައި އޭއެލްޓީ ސީދާ ދެ ސެޓުން ބަލިކޮށް ކުޑަހުވަދޫ ސްޕޯޓްސް އެކަޑަމީން މުބާރާތުގެ ފައިނަލުގެ އުންމީދު ދަމަހައްޓައިފިއެވެ.

ގޮސިޔާ

މުބާރާތުގައި ކުޑަހުވަދޫ ސްޕޯޓްސް އެކަޑަމީ ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެންޕިއަން ކުޑަ ގޮހޮޑާ އަތުން ސީދާ ދެސެޓުން ބަލިވެފައިވާއިރު، އޭއެކްޓީގެ ފުރަތަމަ މެޗުގައި ޒޯރު ވިމެންސް އާއި ވާދަކޮށް އެޓީމުވެސް ބަލިވެފައިވަނީ ސީދާ ދެ ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި އޭއެލްޓީގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ކުޑަހުވަދޫ ސްޕޯޓްސް އެކަޑަމީން ކާމިޔާބުކުރީ 8-0 ގެ ނަތީޖައަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓުގައި އޭއެލްޓީން އެޓީމު ކުޅުން ރަނގަޅުކުރިއިރު، މިސެޓް ކުޑަހުވަދޫ ސްޕޯޓްސް އެކަޑަމީން ކާމިޔާބުކުރީ ތިން ލަނޑުގެ ފަރަގަކާއިއެކު 5-2 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަހުވަދޫ ސްޕޯޓްސް އެކަޑަމީގެ އައިޒާ އަލީ އާތިފް އެވެ. އަދި އޭނާ ވަނީ މިމެޗުގައި އެޓީމަށް ހަތް ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިނަތީޖާއެކު ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގު ބުރުގެ ތިންވަނައިގައި ލަނޑުގެ ތަފާތުން މިވަގުތު އޮތީ ކުޑަހުވަދޫ ސްޕޯޓްސް އެކަޑަމީ އެވެ. އަދި މިމެޗުން ބަލިވި އޭއެލްޓީ ކުޅުނު ދެ މެޗުންވެސް ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ފުލުގައެވެ.

01 އޮގަސްޓް 2024 އިން 03 އޮގަސްޓް 2024 އަށް، ކުޑަހުވަދޫ ސްޕޯޓްސް ކުލަބާއި ހޭންޑްބޯޅަ މޯލްޑިވްސް ގުޅިގެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ދ.ކުޑަހުވަދޫގައި ކުރިއަށްދާ މި މުބާރާތުގެ އަންހެން ޑިވިޝަނުގައި މިއަހަރު ހަތަރު ޓީމު ބައިވެރިވެފައިވާއިރު، މި ޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

މީގެ އިތުރުން މިމުބާރާތަކީ ކުޑަހުވަދޫގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހް ދިރުވައި އާލާކުރުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމައްޓަކައި ކުޅިވަރުގެ ތެރެއިން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމާއިއެކު ވާދަވެރި މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި 2023 ވަނަ އަހަރުން ފެށިގެން ކުޑަހުވަދޫ ސްޕޯޓްސް ކުލަބުން ބާއްވަމުން އަންނަ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކަށް ބީޗު މާޓް ހަމަޖައްސާފައިވައިރު، ކޯ ސްޕޮންސަރ އަކީ އެނޮކްސް ޕަރައިވެޓް ލިމިޓެޑެވެ. އަދި މީޑިއާ ޕާޓްނަތަކީ ގާފު ސްޕޯޓްސް އެވެ. މީގެ އިތުރުން މުބާރާތުގެ ހުރިހާ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ އިނާން ސްޕޮންސަރ ކޮއްފައިވަނީ ޓޫލް އެމްވީގެ ފަރާތުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ