
އިރާނުގެ އިންތިހާބީ ރައީސް
ލުބުނާނަށް ހަމަލާދީފިނަމަ އިޒްރޭލަށް " ބޮޑެތި ގެއްލުންތަކެއް" ލިބޭނެ ކަމުގެ އިންޒާރު އީރާނުން ދީފި އެވެ.

ލުބުނާނަށް އިސްރާއީލުން ދިން ކޮންމެ ހަމަލާއެއްގެ ސަބަބުން އިޒްރޭލަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ބުނެ އިޒްރޭލަށް ނުސީދާ އިންޒާރު ދެއްވީ އީރާނުގެ އިންތިހާބީ ރައީސް މަސްއޫދު ޕެޒެޝްކިއަން އެވެ.
އިރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރާގޮތުގައި އިރާނުގެ ރައީސް މިފަދަ އިންޒާރެއް ދެއްވީ ފަރަންސޭސި ވިލާތުގެ ރައީސް އިމަނުއެލް މެކްރޮންއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި އެވެ. ފްރާންސަކީ ޔަހޫދީ އިޒްރޭލާއި ގާތް ގުޅުމެއް ބާއްވާ ގައުމެކެވެ. އަދި ދާދި ފަހުން ފަރަންސޭސި ވިލާތުގެ ރައީސް އިމަނުއެލް މެކްރޮންއާ ވަނީ އިސްރާއީލްގެ ޖައްބާރު ބޮޑު ވަޒީރު ނަތަންޔާހޫއާއި އެކު ފޯނުން ވާހަކަދައްކާފައި ކަމަށް ފަރަންސޭސިވިލާތުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
އިރާނުގެ ރައީސް މިފަދަ އިންޒާރެއް ދެއްވި އިރު ހިޒްބުالله ޖަމާއަތަކީ އިރާނުގެ އެހީގައި މަސައްކަތްކުރަމުން އަންނަ ޖަމާއަތެއްގެ ގޮތުގައި ހުޅަނގުން ސިފަކުރެއެވެ.
ލުބުނާނާއި ދެކޮޅަށް ޔަހޫދީން ހަނގުރާމަ އިއުލާނުކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނާއިރު މި ހަނގުރާމަ ފަށައިފި ނަމަ މެދު އިރުމައްޗަށް ބޭނުންވާ އެހީތެރިކަން ފޯރުކޯށްދޭނެކަން އިސްލާމީ ގައުމުތަކުން އަންނަނީ ބުނަމުންނެވެ.
ގުޅުންހުރި

އިރާނުން މިރޭ ދިން ހަމަލާއަކީ މިފަހަކުން ދިން އެންމެ ގެއްލުން ބޮޑު ހަމަލާ: 100 އަށްވުރެ ޔަހޫދީން ޒަހަމްވެ 6 ޔަހޫދީއަކު މަރުވި ކަމުގެ ރިޕޯޓު!

އިޒްރޭލުގެ މައި އެއާޕޯޓަށް ހަމަލާދީފިން: ހަމަލާ އަމާޒުކުރީ ތެޔޮ ޓޭންކުތަކާއި ތެޔޮ ސަޕްލައިކުރާ މަތިންދާބޯޓަކަށް- އިރާން

ޔަހޫދީންގެ އިސް ކޮމާންޑަރެއްގެ އީމެއިލް ހެކްކޮށްފި: ގަތުލުއާންމުތައް ހިންގުމަށް ހަދާފައިހުރި ޕްލޭންތައް ހިމެނޭހެން ލައްކައަށްވުރެ ގިނަ މެއިލް!

.gif&w=3840&q=75)



