
--
ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ރަސްމީ ވެބްސައިޓު ލޯންޗުކޮށްފި އެވެ.

ގިނަ ކޮންޓެންޓު ތަކަކާއި އެކު އުފައްދާފައިވާ އެވުޒާރާގެ ވެބްސައިޓު ރަސްމީކޮށް ލޯންޗުކޮށްދެއްވީ ރޭ ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މި ވެބްސައިޓު ލޯންޗުކޮށްފައިވަނީ އިސްލާމިކް ވަޤުފް އޮންލައިން ލައިބްރަރީއަކާއި އެކުގައި އެވެ. މި ލައިބްރަރީގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޕަބްލިޝްކޮށްފައިވާ ފޮތްތައް ހިމެނޭނެއެވެ.
މީގެ އިތުރުން ކީރިތި ރަސޫލާގެ ސިޔަރަތުގެ ދިވެހި ބަހުން ވީޑިއޯއިން ރިޕޯޓްތަކުގެ ސިފައިގައި ބަލައި އަޑު އަހާލަން ޚާއްޞަ ޔުނިޓެއްގެ އިތުރުން ރިސާލަތު ޕްރޮގްރާމްގެ ހުރިހައި މައުޟޫއެއް ދިވެހި އަދި އިނގިރޭސި ބަހުން ލިބެން ހުންނާނެ ޚާއްޞަ ޔުނިޓެއް ވެބްސައިޓްގައި ވަނީ ޤާއިމްކޮށްފައެވެ.
މީގެ އިތުރުން އިދާރީ ހުރިހައި މުޢާމަލާތަކާ ގުޅޭ މައުލޫމާތާއި އުޞޫލުތަކާއި ފޯމްތައް ވެސް ސައިޓުން ލިބެން ހުންނާނެއެވެ.
އަދި 8 އަހަރަށްފަހު "ހިދާޔަތުގެ އަލި" މަޖައްލާ އަލުން ނެރެން ފަށައި އެ ވެބްސައިޓުން މި މަޖައްލާ ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައި އެވެ.
ވަޒީރު ޑރ ޝަހީމް ވުޒާރާއާއި ހަވާލުވެވަޑައިގެންނެވި ފަހުން ވުޒާރާގެ ކަންކަން ޑިޖިޓަލް ކުރުމަށާއި ޑިޖިޓަލް މިޑީއަމް ތަކުގެ ޒަރިއްޔާއިން ވުޒާރާގެ މައުލޫމާތުތައް ފޯރުކޮށްދެއްވުމަށް ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ގުޅުންހުރި

ދާރުއްސަލާމް އަދި ދާރުލް އަރްޤަމް މަޝްރޫޢުއަށް ފައިނޭންސް ކުރުމަށް ބީއެމްއެލް އިސްލާމިކްއާއެކު ފަހުމުނާމާގައި ސޮއިކޮށްފި

މާލޭގެ ދާރުލްއަަރުޤަމް ވަޤުފް އިމާރާތުގެ މަސައްކަތް 39 މިލިއަން ރުފިޔާއަށް އާރުސީސީއަށް!

ފުވައްމުލަކުގައި އިމާމުންނާއި ޒުވާން ޚަޠީބުން ތާޒާކުރުމުގެ ޕްރޮގްރާމް ފެށިގެން ކުރިޔަށް!





