
ޖޯޖީނިއޯ އާސެނަލް އާއެކު ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރަށް އިތުރުކޮށްފި
# އާސެނަލް# އިނގިރޭސި ޕްރެމިއާ ލީގުޖޯޖީނިއޯ
އިޓަލީގެ ތަޖުރިބާކާރު މިޑްފީލްޑަރު ޖޯޖީނިއޯ ޕްރެމިއާ ލީގުގެ އާސެނަލް އާއެކު ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރަށް އިތުރުކޮށް 2025 ގެ ޖޫން މަހުގެ ނިޔަލަށް އެކުލަބުގައި މަޑުކުރުމަށް އެއްބަސްވެއްޖެއެވެ.

2023 ވަނަ އަހަރުގެ ޖެނުއަރީ މަހު 12 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގެއި ވާދަވެރި ޗެލްސީ ދޫކޮށް އުމުރުން 32 އަހަރުގެ މިޑްފީލްޑަރު އާސެނަލް އާއި ގުޅިފައިވަނީ 18 މަސްދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި މިހާތަނަށް އޭނާ ވަނީ އާސެނަލް ޖާޒީގައި 51 މެޗު ކުޅެފައެވެ.
އިޓަލީގެ ނަޕޯލީން 2018 ވަނަ އަހަރު 50 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގެއި ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޗެލްސީއަށް ބަދަލުވުމަށްފަހު އެޓީމުގައި ހޭދަކުރި ފަސް އަހަރުތެރޭގައި ޖޯޖީނިއޯ ވަނީ ޗެލްސީއަށް 213 މެޗު ކުޅެ 29 ލަނޑު ކާމިޔާބުކޮށްދިނުމުގެ އިތުރުން އެޓީމާއެކު ޗެންޕިއަންސް ލީގު، ޔުރޮޕާ ލީގު، ޔުއެފާ ސުޕަކަޕްގެ އިތުރުން ކުލަބު ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން 2020/21 ވަނަ ސީޒަނުގެ ޔޫރަޕްގެ މޮޅުކުޅުންތެރިއާގެ މަގާމު ހޯދާފައިވާ މިޑްފީލްޑަރު ވަނީ ޔޫރޯ20 ކާމިޔާބުކުރި އިޓަލީ ޓީމުގައި ހިމެނި މުހިންމު ދައުރެއް އަދާކޮށްދީފައެވެ. އަދި އެނާ ވަނި މިހާތަނަށް ގައުމީ ޓީމަށް 52 މެޗު ކުޅެ 5 ގޯލު ކާމިޔާބުކޮށްދީފައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
އާސެނަލް އިން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޕްރެމިއާ ލީގުގެ ދެވަނަ ހޯދައިފި

ޗެލްސީ ބަލިކޮށް ނިއުކާސަލް އިން ޗެންޕިއަން ލީގުގެ ފުރުސަތު ބޮޑުކޮށްފި

ޗެންޕިއަސް ލީގުހޯދުމަށް، ޕްރެމިއާ ލީގު ގުރުބާންކޮއްލި އާސެނަލް ޕީއެސްޖީ އަތްދަށުވެ މުބާރާތުން ކަޓައިފި
